ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުއްރަހީމް ހަނދާންކޮށް ދިނީ، ރައީސް ޔަމީން ބާރު ސްޕީޑުގައި ގެނައި ފަސާދަކަމަށް ބުނެ ޖަމީލު ދެއްކެވި ވާހަކަ!

ޑރ. މުހައްމަދު ޖަމީލް އަހުމަދު އާއި އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބު ރައީސްކަމުން ވަކި ކުރުމުން އިނގިރޭސިވިލާތުގައި އަމިއްލައިން އަރުވާލެވިގެން ހުންނަވައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރި ތުހުމުތަކުގެ ވީޑިއޯއެއް އާންމު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އޭނާއަށް ފާޑުކިއުން އަމާޒުކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ޕާޓީތަކާ ގުޅިގެން، ވެރިކަން ވައްޓާލަން އުޅުނުކަމަށް ނުވަތަ ބަޣާވާތެއް ރާވާކަމުގެ ތުހުމަތުގައި ޖަމީލު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޭނާ ރާއްޖެއިން ބޭރުގައި ހުއްޓަ އެވެ. އޭގެ ފަހުން ޖަމީލުއައީ ތަކުރާރުކޮށް ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް ސީރިއަސް ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގައި އިސްކޮށް ހުންނެވީ ރައީސް ޔާމީންކަމަށާއި، ދައުލަތުގެ ތެރޭގައި ރޭވިގެން ކޮރަޕްޝަނުގެ ގިނަ އަމަލުތައް ހިންގަމުންދާކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

އެ ދުވަސްވަރު، ޖަމީލު ރައީސް ޔާމީނަށް އަމާޒު ކުރި ފާޑުކިއުމަށް އެމަނިކުފާނާއި ޕާޓީގެ އިސްބޭފުޅުން ރައްދު ދެއްވާފައި ވެއެވެ. މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ، ވީޑިއޯއެއް އާންމު ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ މިއީ ފެހި ގާނޫނުއަސާސީއަށް ޢަމަލު ކުރަން ފެށި ފަހުން ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ ނައިބުގެ މައްޗަށް އިތުބާރު ގެއްލިއްޖެކަމަށް ބަޔާންކޮށް މަޖިލީހަށް ހުށަހަޅައި ވަކި ކުރި ނައިބު ރައީސަކު ދައްކަވާފައި ހުރި ވާހަކަތައް ކަމަށެވެ.

އެ ވީޑިއޯގައި ޖަމީލް ވަނީ ރައީސް ޔާމީން ސަރުކާރު ހިންގެވުމުގައި ގެންގުޅުއްވި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭގެ ތެރޭގައި ދަނޑުވެރިންނާއި މަސްވެރިންނަން ދޭން ވިދާޅުވި ހައްގު މިންވަރު ކޮބައިތޯ ސުވާލު އުފައްދާފައިވެ އެވެ. ޖަމީލް ވިދާޅުވެފައި ވަނީ ކޮންމެ ދަނޑުވެރިއަކަށް 8000 ރުފިޔާ އަދި މަސްވެރިއަކަށް 10000 ރުފިޔާ ދިނުމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

އަބްދުއްރަހީމް މި ވީޑިއޯ އާންމު ކުރެއްވީ ބެލެވޭ ގޮތުގައި ޖަމީލު މިހާރު ރައީސް ޔާމީނާއި އެކު މަސައްކަތް ކުރައްވަމުން ގެންދަވާތީ އޭނާގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެއްދުމުގެ ގޮތުންނެވެ. ޖަމީލު ގެންދަވަނީ ޕީއެންއެފްގެ އޮފީހުގެ ޖަލްސާތަކުގައި ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އަބްދުއްރަހީމަށް ފާޑުކިޔަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުންތައް އެމަނިކުފާނު ދޫކޮށް، ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރިއިރު އޭގެ ތެރޭގައި ޖަމީލް ހިމެނެ އެވެ. ނައިބު ރައީސަކަށް ހުންނަވަނިކޮށް، ކުރެވުނު ތުހުމަތުތަކެއްގެ ސަބަބުން މަގާމުން ވަކު ކުރުމުން ޖަމީލް ދެން މަސައްކަތް ކުރެއްވީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްއޯޔޫ) އާއި އެކު އެވެ.

އޭރު އެމްއޯޔޫގައި ޖަމީލްއާއި އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފަދަ ބޭފުޅުން މަސައްކަތް ކުރެއްވި އެވެ. އަދި ރައީސް ޔާމީނަށް ވަރަށް ބޮޑެތި ތުހުމަތުތައް ކުރައްވައި ޖަމީލް އާއި ރައީސް ނަޝީދު ދެބޭފުޅުން އެކުގައި ތިއްބަވައި ވާހަކަ ވެސް ދެއްކެވި އެވެ.

ޖަމީލް ސަރުކާރަށް ނުރުހުން ފާޅުކޮށް ފާޑުވިދާޅުވާން ފެށީ، މަޖިލީސް އިންތިހާބުގެ ނާކާމިޔާބީ އާއި އެކުއެވެ. ޑރ. ޖަމީލް އަކީ މިހާރު ރައީސް ޔާމީންގެ އެންމެ އިސް ގާނޫނީ ވަކީލެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: