ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނާއި ބެހުމުގެ ކޭސްއެއްގައި ޖަލުގައި ހުރި މީހަކަށް މާފުދިން މައްސަަލައިގައި ހަންގެރީގެ ރައީސް އިސްތިއުފާ ދީފި

އިސްތިއުފާ ދީފައިވާ ހަންގެރީގެ ރައީސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ޖަލަށް ލާފައިވާ މީހަކަށް މާފު ދިން މައްސަަލައާއި ގުޅިގެން ހަންގެރީގެ ރައީސް ކެޓަލިން ނޯވެކް އިސްތިއުފާ ދީފިއެވެ.

މީޑިއާތަކުން ބުނާގޮތުން ކެޓަލިން ނޯވެކްއަކީ ހަންގެރީގެ ރައީސްކަމުގެ މަގާމަށް އައި ފުރަތަމަ އަންހެން މީހާކަމަށެވެ. އަދި އޭނާ ވެރިކަމާއި ހަވާލުވީ 2022 ވަނަ އަހަރުގައިކަމަށްވާއިރު، މައްސަަލަތައް ހޫނުވެފައިވަނީ ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ ގެއެއްގައި ޖިންސީ ގޯނާތަކެއް ކޮށްފައިވާކަން ފޮރުވިކަމުގެ ދައުވާ ސާބިތުވެ ޖަލަށް ހުކުމް ކޮށްފައިވާ މީހަކަށް ހަންގެރީގެ ރައީސް މައުފު ދިނުމާއި ގުޅިގެންނެވެ.

ޖިންސީ ގޯނާގެ މައްސަލައިގައި ޖަލުގައި ހުރި މީހާއަށް މައުފު ދިނީ 2023 ވަނަ އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި ކަމަށްވާއިރު މި މައްސަލަ ފެންމަތިވެ ހޫނެވެފައިވަނީ މި ފަހުންކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ. ައެގޮތުން މުޅި ގައުމުގައި އެ ގައުމުގެ ރައީސް ނޯވެކްގެ ނިންމުމާއި ދެކޮޅަށް މުޒާހަރާތައް ކުރަން ފެށުމާއިއެކު އޭނަވަނީ އެކަމަކީ ހެއްދެވުނު ގޯހެއްކަމަށް ބުނެ ބަޔާނެއް ނެރިފައިކަމަށް ބުނެފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހުކުމް ކުރެވިފައިވާ މީހާއަކީ ތިން އަހަރަށް ޖަލަށް ލުމަށް ކޯޓުން ނިންމާފައިވާ މީހެއްކަމަށާއި ސަބަބަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކަކަށް ޖިންސީ ފުރައްސާރަ ކުރި އެ ގޭގެ ޑިރެކްޓަރުގެ އަމަލުތައް ފޮރުވުމަށް އެހީތެރިވެދިނުންކަމަށް ބުނެފައިވެއެވެ. އެގޮތުން އޭނާވަނީ އެ ކުދިންނަށް ދޫ ހިފެހެއްޓުމަށް މަޖުބޫރުކޮށްފައިކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި އެ ޑިރެކްޓަަރަށްވަނީ 10 ވަރަކަށް އަހަރުގެ ހުކުމެއް ކޮށްފައިކަމަށް ބުނެފައިވާއިރު އެ އަމަލުތައް ހިންގާފައިވަނީ 2004 ވަނަ އަހަރާއި 2016 ވަނަ އަހަރާއި ދެމެދުގައިކަމަށް ބުނެފައިވެއެވެ. ަަަ

މި މައްސަލައިގެ ތެރޭގައި ހަންގެރީގެ ޖަސްޓިސް މިނިސްޓަރަށްވެސް ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށް މީޑިއާތަކުން ބުނެއެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން މައުފު ދިނުމަށް ނިންމި ނިންމުމަށް ތައުރީފުކޮށްފައިކަމަށްވާއިރު، އޭނާވަނީ އާންމުނަށް ހިދުމަތްކުރުމާއި ސިޔާސީ މަަސައްކަތްތަކާއި ދުރަށް ދިއުމަށް ނިންމާފައިކަން ދާދި ފަހުން ހާމަކޮށްފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: