ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިގްތިސާދު ރަނގަޅު، ޗެލެންޖް އޮތީ ސަރުކާރުގެ މާލީ ހާލަތުގަ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ރަނގަޅަށްކަމަށާއި، ގޮންޖެހުންތަކާއި އުނދަގޫތައް ހުރީ ސަރުކާރުގެ މާލީ ހާލަތުގައިކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިދިޔަ ފަސް އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެންމެ ބޮޑަށް ތުހުމަތު ކުރީ، ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދީ ހާލަތު ގޯސްވެ ދަރަނިވެރިވަމުން ދާ ކަމަށެވެ. އަދި އެގޮތަށް ދިމާވީ ސަރުކާރުގެ ދޯހަޅި މާލީ ސިޔާސަތުތަކުގެ ސަބަބުންކަމަށް ތުހުމަތު ކުރި އެވެ. އެގޮތުން އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި 120 ބިލިއަނަށް އަރަ އެވެ. އެކަމާ ގުޅޭގޮތުން އޭރު ބައިނަލްއަޣުވާމީ މާލީ އިދާރާތަކުން ބަޔާންތައް އާންމު ކުރިނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެފަދަ ހާލަތެއް ނެތްކަމަށެވެ.

އިގްތިސާދީ ހާލަތު ދަށްކަމަށް އަނެއްކާވެސް ވާހަކަ ދެކެވެން ފަށާފައި ވަނީ، ރާއްޖެ ބަނގުރޫޓުވެ އައިއެމްއެފްގެ ޕްރޮގްރާމެއްގެ އެހީއަށް އެދުނުކަމުގެ އަޑާއި އެކު އެވެ. އެކަމަކު އެ ތުހުމަތުތައް ރޭ ދޮގުކުރައްވައި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީރާއްޖޭގެ މާލީ ހާލަތު ގޯސްކުރުމަށް ބަޔަކު ސިޔާސީ މަގްސަދުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އޮތް ހާލަތު ކުރިޔަށް ވުރެ އެތައް ބޮޑުތަނުން ރަނގަޅުވެ ކުރިއެރުންތައް ހޯދަމުން ދާކަމަށެވެ.

ސައީދުގެ ޓުވީޓު ރީޕޯސްޓު ކުރައްވައި ފައްޔާޒް މިއަދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކަމަށާއި ގޮންޖެހުން އޮތީ ސަރުކާރުގެ މާލީ ހާލަތުގައި ކަމަށެވެ. އަދި ބައިލެޓްރަލް ގުޅުންތައް ދަމަހައްޓައި ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ނުވާ ގޮތަށް ހައްލު ކުރެވެން ވާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އައިއެމްއެފްގެ ޕްރޮގްރާމަށް ނުގޮސް ވާނެ ހާލަތްތައް ހުންނާނެކަމަށާއި، އެފަދަ ފިޔަވަޅެއް އަޅަންޖެހޭނީ ކަންކުރުމުގެ ވައްޓަފާޅިއެއް ނެތުމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: