ރާއްޖެ ބަނގުރޫޓުކޮށްލައިގެންވިޔަސް ވެރިކަން ވައްޓާލެވޭތޯ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު އައިއެމްއެފްގެ މެނޭޖިންގް ޑިރެކްޓަރ ކްރިސްޓަލީނާ ޖޯރޖިއޭވާއާއި ބައްދަލުކުރެއްވުމާއިއެކު، އިދިކޮޅު ފަރާތްތަކުން ރާއްޖެ ބަނގުރޫޓުވެފައިވާކަމުގެ ވާހަކަތައް ފަތުރަމުންދިއުމާއިއެކު، ނިހާދުވަނީ އެ ވާހަކަތައް ހަގީގަތާއި ހިލާފުކަމަށް ފާހަގަކުރައްވާ އެކްސްއެއްކުރައްވާފައެވެ.
ނިހާދު ވިދާޅުވީ، ބަނގުރޫޓުވެއްޖެ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، އިދިކޮޅުގެ މަގުސަދަކީ ބަނގުރޫޓުކޮށްލައިގެން ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުންކަމަށެވެ. އެހެންމަަވެސް އެ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނާއި ގައުމަށް އެ ޕާޓީގެ ފަރާތުން އެއްވެސް ކުލުނެއް ނެތްކަން ސާފުވާކަމަށާއި އެއްވެސް ލޮތްބެއްވެސް ނެތްކަމަށް ހިއްސާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދަނީ އަމިއްލަ ޖީބަށް އިތުރުކުރަންކަމަށެވެ. އަދި އެކަން ކުރަމުންދަނީ ވެރިކަމުގެ ލައްޒަތާއި ޖާހަތަށްޓަކައިކަމަށާއި އެއީ ދެރަކަމެއްކަމަށް ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ، ދޮގު މައުލޫމާތު ފަތުރައިގެން ރައްޔިތުންގެ އަގުލަބިއްޔަތުން ގެނައި ވެރިކަމެއް ބަގާވާތަކުން ވައްޓާލަން އުޅުމާއި ދެކޮޅު ހަދަން ވާނެކަމަށެވެ.

