ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފީއަލީގައި ގިރާފައިވާ ސަރަހައްދު ރަނގަޅުކޮށް ބިން ހިއްހުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފ. ފީއަލީގެ ގިރާފައިވާ ސަރަޙައްދު ރަނގަޅުކޮށް ބިންހިއްކުމުގެ މަސައްކަތާއި އެކު ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ނިންމައިދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ފ. ފީއަލީގެ ބިން ހިއްކުން، ބަނދަރު ހެދުން، އަދި މަގު ހެދުމުގެ މަޝްރޫޢުގެ ކަންކަން ކުރިއަށްދާނެގޮތެއް އޮޅުންފިލުވުމަށް ފ.ފީއަލީ،ހަނދުވަރީ މަންޒިލް، އިބްރާހީމް ޝަނޫން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ފީއަލީގެ ތަރައްގީގެ މަސައްކަތްތަކަށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ. އެގޮތުން ބިންހިއްކުމުގެ މަސައްކަތުގެ ތެރެއިން އެމްޓީސީސީން މިހާރު ކުރަމުންދަނީ ފީއަލީގެ ހިއްކާފަ އޮތް ސަރަޙައްދުގަ ރިވެޓްމެންޓް ޖެހުމަށްޓަކާ ބޮޑުހިލަ ގެންދިއުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ވަރަށް އަވަސްކޮށްދިނުމަށް ދަންނަވާފައިވާނެ ކަމަށާއި، މާލަސްތަކެއްނުވެ ބޮޑުހިލަ ގެންދެވި ރިވެޓްމެންޓް ޖަހަންފަށާނެ ކަމަށާއި އެ މަސައްކަތް ނިމިގެންދާއިރު ފީއަލީގެ ގިރައިގެންގޮސް އޮތް ސަރަޙާއްދާއި، ރަނގަޅަށްނުހިކިއޮތް ސަރަޙާއްދާއިއެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ފީއަލީގެ ތަރައްޤީގެ މަސައްކަތްތަކަށް އިރާދަކުރެއްވިއްޔާ ރަނގަޅު ހައްލެއް ގެނެސްދޭނަން. ބިންހިއްކުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ކުރާ މަސައްކަތަކީ ފީއަލީގެ ހިއްކާފަ އޮތް ސަރަޙައްދުގަ ރިވެޓްމެންޓް ޖެހުމަށްޓަކާ ބޮޑުހިލަ ގެންދިއުމުގެ މަސައްކަތް. އެ މަސައްކަތް ވަރަށް އަވަސްކޮށްދޭން އަޅުގަނޑު ދަންނަވާފަވާނެ. އުންމީދުކުރަނީ މާލަސްތަކެއްނުވެ ބޮޑުހިލަ ގެންދެވި ރިވެޓްމެންޓް ޖަހަންފަށާނެ. ޖަހާއިރުގަ ގިރައިގެންގޮސް އޮތް ސަރަޙާއްދާއިއެކީގަ ރަނގަޅަށްނުހިކިއތް ސަރަޙާއްދާއިއެއްކޮށް ހަމަ ކޮމްޕްލީޓް ކުރާނަން އިރާދަކުރެއްވިއްޔާ. އެހެންވީމަ ބިން ހިއްކުމުގެ ކަންތަކަށް މިދެންނެވި ހައްލު އިރާދަކުރެއްވިއްޔާ ގެނެސްދޭނަން

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅުތަކާއި އެއްގޮތަށް ހުރިހާ ރަށަކަށްވެސް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން ރަށްރަށުގެ މަގު ހެދުމަކީ އެންމެ ބޮޑު އެއް ވަޢުދު ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ތާވަލު ކުރެވި ބަޖެޓް ހަމަޖެހޭވަރަކުން ރަށްރަށުގެ މައި މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި ވަޢުދާއި އެއްގޮތަށް ފީއަލީގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދެން އަޅުގަނޑުވީ ވަޢުދު ތަކާއި އެއްގޮތަށް ވަޢުދުތައް ފުއްދައިދެމުންދާނަން. އެގޮތުން ރަށްރަށުގެ މަގު ހެދުމަކީ އަޅުގަނޑުވެފައިވާ އެންމެ ބޮޑު އެއް ވަޢުދު. މައި މަގުތަކާއި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދައިދޭނެ. އެހެންވީމަ ތާވަލު ކުރެވިގެން ބަޖެޓް ހަމަޖެހޭވަރަކުން މި މަސައްކަތްތައް ކުރިއަށް ގެންދާނެ. ވަޢުދުވީ ގޮތަށް ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ: ރައީސް މުޢިއްޒު

ރައީސް ވިދާޅުވީ ފީއަލީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރުގައި ނުހިކި އޮތް ސަރަޙައްދާއި ގިރައިގެންގޮސްފައިވާ ސަރަޙައްދު ހިމެނޭގޮތަށް ރަނގަޅަށް ހަދައިދެއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: