އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސް ޕާޓީގެ ތަރުޖަމާނަކަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ހަމަޖައްސައިފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ޑިމޮކްރެޓްސް ޕާޓީން ބުނީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ކުރަނީ ”ފާރަވެރި މަޖިލިސް“ ނަމުގަ އެވެ.
މިފަހަރުގެ އިންތިހާބުގައި ދެވަނަ ދައުރަކަށް، ވައްޑެ ވާދައެއް ނުކުރައްވަ އެވެ.
ޑިމޮކްރެޓްސްގެ ޓިކެޓުގައި މަޖިލީހަށް 41 މީހަކު ވާދަކުރެ އެވެ.
މީގެތެރޭގައި ގިނައީ މުޅިން އަލަށް މަޖިލިސް އިންތިހާބުގައި ވާދަކުރާ ބޭފުޅުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 381 ކެންޑިޑެސީ ފޯމު ލިބިފައިވާ ކަމަށެވެ.

