ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކައުޓު ފަދަ ހަރަކާތްތަކަށް ރާއްޖޭގައި އިސްކަން ދިނުން މުހިންމު: ނައިބު ރައީސް

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކައުޓު ފަދަ ހަރަކާތްތައް ހިންގުމަށް އިސްކަން ދިނުން މުހިންމުކަމަށާއި އެހެންކަމުން އެކަމަށް ފަހި މާހައުލެއް ރާއްޖޭގެ ސުކޫލުތަކުގައި ގާއިމުކޮށްދެއްވަން ސަރުކާރުން އިތުރަށް މަސައްކަތްކުރާނެކަމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ނެޝަނަލް ސްކައުޓު ޖަމްބޮރީއަށް ރާއްޖޭގެ ފަރާތުން ދާ ސްކައުޓުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ނައިބުރައީސްވަނީ ދިވެހިރާއްޖޭގެ ސަކައުޓުންގެ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ.

ނައިބުރައީސް ވިދާޅުވީ، ސްރީލަންކާގައި ބާއްވާ ޖަމްބަރީގައި ބައިވެރިވާ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ސްކައުޓުން ބައިވެރިވަނީ ރާއްޖެއިންކަމަށެވެ. އަދި މި އަހަރު 240 ސްކައުޓުން މި ޖަމްބަރީގައި ބައިވެރިވަނީ “ލީޑަރޝިޕް ފޯ ޗޭންޖް” ޝިޔާރުގެ ދަށުންކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ހަރަކާތުގައި ބައިވެރިވާ ސްކައުޓުން ގައުމަށް ރީތި ނަން ހޯދައިދިނުމަކީ ހުރިހާ ދިވެހިންގެވެސް އުންމީދުކަމަށާއި ބޭރު ގައުމެއްގައި ރާއްޖެ ތަމްސީލުކުރަން ލިބުމަކީ ކޮންމެ ދިވެއްސަކަށް ލިބޭނެ ޝަރަފެއްވެސް ނޫންކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެ ތަމްސީލުކުރުމުގެ ތެރެއިން ގައުމުގެ އަގު ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެއްކަމަށާއި އެންމެހާ ސްކައުޓުންވެސް ރިވެތި އަހުލާގާއި ސުލޫކުން ނަމޫނާ ދެއްކުމަށް ނަސޭހަތްތެރިވާކަމަށް ހިއްސާކުރެއްވިއެވެ.

ނައިބުރައީސް ވިދާޅުވީ، އެކުވެރިކަމާއި ބަދަހިކަންމަތީގައި ލިބޭ ފުރުސަތު ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާކަމަށާއި ނަމާދަށް ފަރުވާތެރިވުމުގެ އިތުރުން ވަގުތަށް ކަމޭހިތުމަށާއި އިސްވެރިންނަށް އިހުތިރާމްކުރާ ބައެއް ކަމުގައި ވުމަށްވެސް އިލްތިމާސްކުރައްވާކަމަށެވެ. ނައިބުރައީސް ވިދާޅުވީ، އެކި ގައުމުތަކުން ރަނގަޅު ރަހުމަތްތެރިން ހޯދައި ދިވެހި ސްކައުޓުގެ ހަރަކާތުގެ ގުޅުން އިތުރަށް ފުޅާކޮށް ބަދަހިކުރުމަށް މަސައްކަތްކުރުމަށްވެސް އެދިވަޑައިގަންނަވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ސްކައުޓުން ހޯދަމުންދާ ކާމިޔާބީތައް ސަރުކާރުން ފަހުރުވެރިކަމާއިއެކު ބައިލައިގަންނަކަމަށެވެ. ނައިބުރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ ޒަމާނުއްސުރެވެސް އެކުވެރިކަމާއި އެއްބަައިވަންތަކަމާއި އަހުވަންތަކަމުގެ ގުޅުންތަކާއި ބަނދެވިފައިވާ ގައުމެއްކަމަށްވާއިރު ސްކައުޓު ފަދަ ހަރަކާތްތަކަށް އިސްކަން ދިނުން މުހިންމުކަމަށެވެ.

އެހެންކަމުން ސަރުކާރުން ދިވެހިރާއްޖޭގެ ސުކޫލުތަކުގައި އެފަދަ ހަރަކާތްތައް ހިންގޭނެ ފަދަ ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް މިހާރަށްވުރެ އިތުރަށް މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: