ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އިސްރަށްވެހިންގެ ނާދީ“ ގެ ނަމުގައި އިސްރަށްވެހިންނަށް އިޖުތިމާއީ މަރުކަޒެއް ހުޅުވައިފި

އިސްރަށްވެހިންނަށް ހުޅުވައިދެއްވި މަރުކަޒު..... ފޮޓޯ: ރައިސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަށާއި، އެފަރާތްތަކުގެ ސިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީގެ ނަމުގައި މާލޭ ސިޓީގައި އިސްރަށްވެހިންނަށް ޚާއްސަކުރެވިފައިވާ ފުރަތަމަ އިޖުތިމާޢީ މަރުކަޒު ހުޅުވައިދެއްވައިފިއެވެ.

އިސްރަށްވެހީންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީން ކޮށްދިނުމަށްޓަކައި ތަފާތު ޚިދުމަތްތައް ހިމެނޭގޮތަށް ރާއްޖޭގެ އުތުރު، ދެކުނު އަދި މެދުރާއްޖެތެރޭގައި މަރުކަޒުތަކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅެކެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކާއި އަދި އަމިއްލަ ޖަމުޢިއްޔާތަކާއި ގުޅިގެން މިމަރުކަޒުން ފޯރުކޮށްދޭނެ ޚިދުމަތްތައް ކަނޑައަޅައި، އެންމެ ފުރިހަމަކަމާއި އިތުބާރާއިއެކު ރައްޔިތުންނާއި ހަމަޔަށް ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މި މަރުކަޒުން ލިބޭނެ ހިދުމަތް ތަކުގެ ތެރޭގައި ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި ބެހޭ ވުޒާރާއިން ހަފްތާއަކު 3 ދުވަހު ކަސްރަތު ޕްރޮގްރާމެއް ހިންގުން، ހަފްތާއަކު އެއް ފަހަރު ކޯޗުން އައްޔަން ކޮށްގެން ކެރަމް، ޗެސް، ޓޭބަލް ޓެނިސްފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެއްސުން، އަދި މީގެ އިތުރުން އިސްރަށްވެހިންގެ ތެރެއިން ކޯޗުންގެ ތަމްރީން ފުރިހަމަ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.

ޔޫތު އެމްޕަވަރމެންޓް، އިންފޯރމޭޝަން އެންޑް އާރޓްސް އާއި ބެހޭ ވުޒާރާއިން، ނަފްސާނީ، ޖިސްމާނީ އަދި މާލީ ދުޅަހެޔޮކަން ތަރައްޤީ ކުރުމަށްޓަކައި ހިންގޭ އެކިއެކި ޕްރޮގްރާމްތަކާއި ފެހުމާއި އެހެނިހެން ކުރު މުއްދަތުގެ ކޯސްތައް އަދި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ހައިޑްރޯ ތެރެޕީ، އިށީންދެގެން އިނދެ ކުރާ ކަސްރަތު އަދި ބެލެންސް ޓްރެއިނިން ކްލާސްތައް އައިޖީއެމްއެޗް ގެ ފަރާތުން މި މަރުކަޒުގައި ހިންގުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެންސްޕާއަށް ހުށަހަޅަން ބޭނުންވާ ފޯމުތައް ފުރިހަމަކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެޚިދުމަތް ފޯރުކޮށްދިނުމަށް “ހެލްޕް ޑެސްކެއް” ޤާއިމް ކުރެވިފައި ވާނެއެވެ. ‘އޭޖްކެއަރ މޯލްޑިވްސް’ ގެ ފަރާތުން ކޮންމެ 3 މަހަކުން އެއްފަހަރު އިސްރަށްވެހިންގެ މެދުގައި ޚިޔާލުފާޅުކުރުމާއި، ތަޖުރިބާ ޚިއްސާކުރުމަށް އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެލްތް ސްކްރީނިންގ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އެކިއެކި ވުޒާރާ ތަކުންނާއި އެސޯސިއޭޝަންތަކުން އިސްރަށްވެހިންގެ ނާދީގައި ތަފާތު ޙިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާއިރު މި ޙިދުމަތްތަކުގެ ސަބަބުން “އިސްރަށްވެހިންގެ ނާދީ” އަކީ ރައްޔިތުންނަށް ބޭނުންތެރި ޙިދުމަތްތަކެއް ލިބިގެންދާނެ ތަނަކަށް ވެގެންދިއުމަކީ މި ވުޒާރާގެ އަމާޒެވެ. މި މަރުކަޒު ހުޅުވިގެންދިޔުން ވާނީ އިސްރަށްވެހިންނަށްޓަކައި މުހިންމު އަދިފައިދާކުރުވަނިވި ކަމަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: