ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަރޓިކަލް ފާމިން ކުރެވިދާނެތޯ ބެލުމަށްޓަކައި ފެށި ޕައިލެޓް ޕްރޮޖެކްޓް އިފްތިތާހްކޮށްފި

ވަރޓިކަލް ފަރމިންގ ޕައިލެޓް ޕްރޮޖެކްޓް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން .... ފޮޓޯީ: މިނިސްޓްރީ އޮފް އެގްރިކަލްޗަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި “ވަރޓިކަލް ފާމިން” ފުޅާ ދާއިރާއެއްގައި ކުރެވިދާނެތޯ ބެލުމަށްޓަކައި ފެއްޓި ޕައިލެޓް ޕްރޮޖެކްޓް އިފްތިތާޙްކޮއްފިއެވެ.

ހަނިމާދޫ އެގްރި ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި “ވަރޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް” އިފްތިތާޙުކޮށްދެއްވީ ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ.އާއިޝަތު ރަމީލާއެވެ. މިއީ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމެނޭ ދަނޑުވެރިކަމާއި ގުޅޭ އެންމެ މުހިއްމު އެއް ވައުދެވެ. ⁠މި ރަސްމިއްޔާތުގައި ހދ. އަތޮޅު ކައުންސިލް ރައީސާއި، ހދ. ހަނިމާދޫ ކައުންސިލް ރައީސްގެ އިތުރުން ރަށުގެ އެކި އެކި މުއަސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

⁠އަޖުމަ ބެލުމަށް ކުރިއަށްގެންދާ ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ.ރަމީލާ ވިދާޅުވީ، ދަނޑުވެރިކަމުގެ އާ އިޖާދީ ގޮތްތައް ރާއްޖެއަށް ތަޢާރަފުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އަދި ވަރޓިކަލް ފާމިންގެ މި ޕައިލެޓް ޕްރޮޖެކްޓްގެ ބޭނުމަކީ، ރާއްޖެ ފަދަ ބިން ކުޑަ ޤައުމަކަށް، ވަރަށް އެކަށީގެންވާ ނިޒާމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން މިހާރު ވަނީ ވަރޓިކަލް ފާމިން ސެޓަޕްތައް އިންސްޓޯލްކޮށް، ސިސްޓަމްތަކުގައި ގަސްތައް ރުވާފައެވެ. މަޝްރޫޢުގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި 3 ވައްތަރެއްގެ ވާޓިކަލް ހައިޑްރޮޕޯނިކްސް ސެޓަޕް ޤާއިމްކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރުވެސް ރާއްޖޭގެ ދަނޑުވެރިންނަށް ތަޢާރަފްކޮށްދީފައިވާ ނިއުޓްރިއެންޓް ފިލްމް ޓެކްނިކް ބޭނުންކޮށްގެން ވާޓިކަލް A ފްރޭމް ސްޓްރަކްޗަރގައި ގަސް ހައްދާ ނިޒާމު ޕައިލެޓްކުރުމާއި، ޕައިން އެޕަލް ޓަވަރ ސިސްޓަމް އަދި އޭރޯޕޯނިކްސް ޓަވަރ ސިސްޓަމްތަކުގެ ޕައިލެޓް ޓެސްޓްތައް ކުރިއަށް ގެންދިއުމެވެ. މި ސިސްޓަމްތަކުގައި އެންމެ ފުރަމަ ޓެސްޓު ކުރަމުންދަނީ ފަތްތަރުކާރީގެ ބާވަތްތަކެވެ.

މި ޕައިލެޓް މަޝްރޫޢުގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި މަސައްކަތް ކުރާ މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ ޓީމުން އެއްކުރާ މައުލޫމާތުތަކުގެ އަލީގައި ރާއްޖެއަށް އެންމެ އެކަށީގެންވާ ވާޓިކަލް ސިސްޓަމްތައް ދެނެގަނެ، އެ ސިސްޓަމްތައް ދަނޑުވެރިންނަށް ތަޢާރަފްކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީގެ ކުރިއަށްހުރި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: