ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން އައިއެމްއެފްގެ އެހީ ހޯދާކަށް ނުޖެހޭނެ، އަޅުގަނޑުމެން މި ތިބީ: ނަޝީދު

ރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް އައިއެމްއެފްއިން އެހީ ހޯދަން ނުޖެހޭނެކަމަށާއި ކްލައިމެޓް ވަނަރަބަލް ފޯރަމް(ސީވީއެފް)އިން ބޭނުންވާ އެހީ ދޭނެކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި އެ ޖަމިއްޔާގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މާލީ ހާާލާތު ދަށްވުމުގެ ސަބަބުން ރާއްޖޭގެ ސަރުކާރުންދަނީ ބައިނަލްއަގުވާމީ މާލީ މުއައްސަސާއެއްކަމަށްވާ އައިއެމްއެފްއިން އެހީ ހޯދުމަށް މަސައްކަތްކުރަމުންކަމަށް  އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އެ ވާހަކަތައް ދޮގުކުރައްވާފައިވާއިރު ސަރުކާރުން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެކަމަށް ބޭނުންވާ ލިޔެކިއުންތައް ސިއްރިއްޔާތުގައި އެކުލަވާލަމުންދިޔަކަމަށްވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ މާލީ ހާލަތާއިމެދު ދެކެވެމުންދާ ވާހަކަތަކަށް އަލިއަޅުއްވައި ރައީސް ނަޝީދުވަނީ މިހާރު ކަންކަން ދާ މިސްރާބާއިމެދު އެއްބަސްވެވަޑައިނުގަންނަވާކަން ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސީވީއެފްގެ މެމްބަރު ގައުމުތަކަށް މާލީ ދަތިތަކުން އަރައިގަތުމަށް އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާން މަޖުބޫރު ނުވާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ސީވީއެފްގެ ސެކްރެޓޭރިއެޓްއިން ރާއްޖެއަށް ބޭނުންވާ ހުރިހާ ޓެކްނިކަލް ސަޕޯޓެއް ފަހިކޮށްދެއްވާނެކަމަށާއި ދަރަނީގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކަށް ލުއިތައް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސީވީއެފްއިން ހުށައަޅާ ހައްލުތަކުގެ ތެރޭގައި މޫސުމީ މައްސަލަތަކާއި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ފިޔަވަޅުތައް އެޅުމަށް އެއްބަސްވުމުން ދަރަނީގެ ބައެއް ކެނޑިގެންދާނެ  ގޮތަށް އެއްބަސްވުންތައް ގާއިމުކުރުން ހިމެނޭކަމަށެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 4%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: