ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒުލުކުރުމުގެ މައްސަލައިގެ ޝަރީއަތް އަވަސްކޮށްފި!

ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްުޔާތުގައި ރައީސް ޑރ. މުއިއްޒާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އަދި މަޖިލިސް ރައީސް އަސްލަމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ގުނާ ގޮތަށް ގެނައި އިސްލާހު ބާތިލްކުރަން ބަންޑާރަނައިބުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް އަވަސްކޮށް ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން ބަޔާން ކުރަނީ މަޖިލީހުގެ ގަވައިދުގެ 41 ވަނަ ބާބުގަ އެވެ. އެގޮތުން ގަވައިދުގެ 202 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުގައި ހުންނަ ބޭފުޅަކަށް ބަޔާން ކުރާ ހާލަތްތައް މެދުވެރިވުމުން މަގާމުން ވަކި ކުރެވޭނެ އެވެ.

ދާދިފަހުން މަޖިލީހުގައި މި ގަވައިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި އަޒުލުކުރުމުގެ ގަރާރެއް ހުށަހަޅައިފި ނަމަ މައްސަލަ ޕާކު ނުކުރެވޭ ގޮތަށް ތަރުތީބެއް ގެނެސްފައި ވެއެވެ. އަދި ޖަވާބުދާރީވުމުގެ ވަގުތާއި، ކޮމިޓީގެ މަރުހަލާގެ ބައެއް މަސައްތްތައް ކުރިން އޮތް އިސްލާހުކުރި އެވެ.

މީގެތެރެއިން މައްސަލަ ޖެހިފައި ވަނީ، ގަވައިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި ”މަޖިލީހުގެ ޖުމްލަ މެމްބަރުން“ މަނާ ކުރި ގޮތުގެ މައްޗަށެވެ. ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅީ އެ މާއްދާތައް ބާތިލު ކުރުމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 28 ގައި ބަންޑަރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ”މަޖިލީހުގެ ޖުމްލަ މެންބަރުން“ މި އިބާރާތަށް އެ މަޖިލީހުން މިހާރު ދިފާއިވާ މާނަކުރުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ އަދަދެއް ކަމަށް ބަޔާންކޮށްފައިވާއިރު މިއީ ގަނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޖުމްލަ އަދަދާ ހިލާފު މާނަކުރުމެއް ކަމަށެވެ. އަދި މިއީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާއާއި، 87 ވަނަ މާއްދާއާއި، 88 ވަނަ މާއްދާ އަދި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ އެހެނިހެން މާއްދާތަކާ ތައާރުޒުވާ މާނަކުރުމެއްކަމަށް ބުނެފައި ވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ގާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ ގަވައިދުގެ މާއްދާތަކަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިހްތިހާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި ވަގުތާ ދިމާވަނީ، ކެބިނެޓުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން ތަޅުމުގައި ހަމަނުޖެހުން ހިންގި ދުވަހާ އެވެ. ރުހުން ދޭން ފާސް ނުވި ވަޒީރުންގެ ތެރޭގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ހިމެނޭއިރު، އަލުން މަގާމުތަކަށް އައްޔަނު ކުރުމަށް ފަހު ނަންތައް ތަޅުމަށް ފޮނުވުމުން އަދި ވޯޓަށް އެހުން ތާވަލު ނުކުރެ އެވެ.

ބެލެވޭ ގޮތުގައި މި މައްސަލައިގެ ތެރެއަށް ސިޔާސީ ޕާޓީތަކުން ތަދައްހުލް ވާނެ އެވެ. އެހެންނަމަވެސް މިހާރު މަޖިލީހުންވަނީ އާދީއްތަ ދުވަހު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލިސް ގަވައިދުގެ 49 ވަނަ މާއްދާގެ (ކ)، (އ)، އަދި (ވ) އުނިކޮށް  އެ ގަވައިދަށް 1-242 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއީ މިވަގުތު ސުޕްރީމް ކޯޓަށް ހުށަހަޅާފައިކަމަށްވުމުން ތާވަލުކުރެވިފައިވާ ޝަރީއަތުގައި ބަލާނީ ކޮން މައްސަލައެއް ކަމާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: