ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް މަގާމުން ވަކި ކޮށްފި، ސަބަބު ސާފެއް ނޫން!

އެމްއެންޕީގެ ނައިބުރައީސް ހުސައިން އިސްމާއިލް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް މަގާމުން ވަކިކޮށްފިއެވެ.

އެނިމަލް ވެލްފެއަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އެމްއެންޕީގެ ނައިބުރައީސް ހުސައިން އިސްމާއިލް މަގާމުން ވަކިކޮށްފައިވާކަމަށް ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ޝާއިއުކުރުމާއިއެކު ސަންގުއިންވަނީ މި މައުލޫމާތުތައް ކަށަވަރުކުރުމަށް ހުސައިން އަދި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލްއަށްވެސް ގުޅާފައެވެ.

ހުސައިން ވަކި ކުރި ސަބަބާއި ގުޅޭގޮތުން މިނިސްޓަރު ޚަލީލްއާއި ސުވާލުކުރުމުން އެކަމަށް ޖަވާބެއް ދެއްވާފައިނުވެއެވެ. އެހެންނަމަވެސް ހުސައިން މަގާމުން ވަކި ކުރެވިފައިވާކަން ޚަލީލްވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ހުސައިންވެސް ވަނީ މިކަމާއި ގުޅޭގޮތުން ސަންގުޓީވީ އާއި މައުލޫމާތު ހިއްސާކުރައްވާފައެވެ. ހުސައިން ވިދާޅުވީ، އޭނާ މަގާމުން ވަކި ކޮށްފައިވާ ވާހަކައަކީ ރަނގަޅު ވާހަކައެއްކަމަށެވެ. އެހެންނަމަވެސް މަގާމުން ވަކި ކުރި ސަބަބެއް އޭނާއަށްވެސް ސާފުނުވާކަމަށާއި ކުއްލި ގޮތަކަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސްއަށް ލިބިދީފައިވާ ބާރުގެ ދަށުން އޭނާ މަގާމުން ވަކި ކޮށްފައިވާކަން އެންގީކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: