ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާރުތަވެގެން އައި ބޭރުގެ ދަރަނި ބޮޑުކަމަށް ރައީސް ވިދާޅުވުމުން، އެކަން ދޮގުކޮށް އަމީރުގެ ނުރުހުން!

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދަށް މިހާ ބޮޑު ލޮޅުންތަކެއް އައީ މިދިޔަ ސަރުކާރުން ވާރުތަވެގެން ބޮޑު ދަރަންޏެއް އޮތުމުގެ ސަބަބުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅު ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދޮގުކުރައްވައިފި އެވެ.

ދެކުނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ގދ. މަޑަވެލި ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި އިގްތިސާދަށް ދަތިވެ، މާލީ ގޮންޖެހުންތަކެއް ދިމާވެފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. އެކަމަކު، ދަތިތަކެއް އެބަހުރިކަމަށާއި އެގޮތަށް ދިމާވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުން ވާރުތަވެގެން އައި 120 ބިލިއަންގެ ދަރަނީގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެތެރޭގެ ދަރަންޏާއި، ބޭރުގެ ދަރަނި ވެސް އެހާ ބޮޑުކަމަށާއި ކުންފުނިތަކުގެ ދަރަނީގެ ޖުމްލަ ވެސް 9 ބިލިއަނަށް އަރާކަމަށެވެ.

މި ވާހަކަތަކަށް ރައީސް ސޯލިހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ބޭރުގެ ޖުމްލަ ދަރަންޏަކީ 51.1 ބިލިއަން ކަމަށެވެ. އަދި އެއީ ދައުލަތުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ 37.3 ބިލިއަން ރުފިޔާގެ އިތުރުން ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ނަގާފައިވާ 13.7 ބިލިއަން ރުފިޔާ ހިމެނޭހެން އަންނަ ޖުމްލަ އަދަދުކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

މީގެއިތުރުން އަމީރު ވިދާޅުވީ ސަރުކާރުތައް ބަދަލުވެގެން އައި ނަމަވެސް، ގައުމުގެ ހިންގުން ނުހުއްޓި ކުރިޔަށް ދާނެކަމަށެވެ. އަދި 2018 ވަނަ އަހަރު ސަރުކާރު ބަދަލުވިއިރު ވެސް އެތައް ބިލިއަން ރުފިޔާގެ ބިލުތައް ދައްކަން ހުރިކަމަށް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ އޭރު މިނިސްޓްރީން ތަކުރާރުކޮށް އެފަދަ ވާހަކަތައް ދައްކައި ނޫޅޭކަމަށާއި މަސައްކަތް ކުރަން ޖެހެނީ ޒިންމާދާރުކަމާއި އެކުކަމަށެވެ. އެހެންކަމުން ހަގީގަތް އޮޅޭފަދަ ގޮތަކަށް ވާހަކަ ދެއްކުން ރަނގަޅެއް ނޫންކަމަށް އަމީރު ވިދާޅުވި އެވެ.

އައު އަހަރަށް މަޖިލިސް ހުޅުވާދެއްވައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް އަލިއަޅުވާލެއްވި ދާއިރާތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދާއި ދަރަނި ހިމެނެ އެވެ. އެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ މިދިޔަ ފަސް އަހަރު ދުވަހު ސަރުކާރުން މާލީ ޑިސިޕްލިން ގެންގުޅުނު ގޮތުގެ ސަބަބުން އިންތިހާއަށް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން ފައިސާ ޗާޕު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އިންފްލޭޝަނަށް އޭގެ އަސަރުކޮށް، ތަކަތީގެ އަގު އުފުލިގެން ދިއުން ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: