ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާވަހި ޕޯޓަލްގެ ބޭނުމަކީ މަޝްރޫއުތަކަށް ބޭނުންވާ މައުލޫމާތުގެ ބޭނުންކުރުން: ހައިދަރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވާހަކަ ދައްކަވަނީ/ ފޮޓޯ: ހައުސިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާވަހި ޕޯޓަލްގެ މަގުސަދަކީ ހަމައެކަނި މައުލޫމާތުތަކެއް އެއްކޮށްފައި ބެހެއްޓުން ނޫންކަމަށާއި، އެ މަޝްރޫއަކަށް ބޭނުންވާ މައުލޫމާތު ބޭނުންކުރުން ކަމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ހިޔާވަހި ޕޯޓަލް އިފްތިތާހް ކުރުމުގެ ހަފްލާގައި މިނިސްޓަރ ވިދާޅުވީ މި ޕްލެޓްފޯމުގެ ބޭނުމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ބޭނުން ޖެހިފައިވާ މިންވަރު ދެނެގަތުމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރަން ޖެހޭ މަސައްކަތްތައް ލުއި ކޮށްދިނުމުގެ ގޮތުން މައުލޫމާތު އެއްކުރުންކަމަށެވެ.

ހައިދަރު ވިދާޅުވީ މަސައްކަތްތައް ފަސޭހަކުރުމަށްޓަކައި ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުރިހާ ސްކީމްތަކެއްގެ މައުލޫމާތު ލިބޭނެ ކަމަށާއި، ކުރިއަށް ރާވައިފައިވާ ކަންކަމުގެ އިތުރުން ލޯނު ސްކީމްތަކާއި ގެދޮރު ފޯރުކޮށްދިނުމުގެ މައުލޫމާތުތައްވެސް އެނގިގެންދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ހަމައެކަނި ކުރައްވަންޖެހެވަޑައިގަންނަވާ ކަމަކީ މައުލޫމާތުތައް އަދާހަމަކުރުން ކަމަށެވެ. މި ޕޯޓަލްއަށް ވިހާކުދިންނާއި މަރުވާ މީހުންގެ ޑޭޓާވެސް ލިންކުކޮށްފައިވާނެ ކަމަށާއި އެހެންކަމުން އެ މައުލޫމާއުތަށްވެސް މިނިސްޓްރީއަށް އެނގޭގޮތަށް ޕޯޓަލް އަޕްގްރޭޑް ކުރުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

“ހަފްތާ 14 ގެތެރެއިން މިފަދަކަމެއް ކުރުމަށް ނިންމީ މީގެ މުހިންމުކަން ސަރުކާރަށްވެސް ފެންނާތީ، ރައްޔިތުންވެސް ބޮޑުތަކުލީފެއް އުފަލަން ނުޖެހި މިފަދަކަންކަން ކުރެވޭނެ ގޮތަކަށް ކަންކަން ބަދަލުކުރުމުގެ ނިޔަތުގައި” ހައިދަރު ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ އެއްވެސް މީހަކު ރަށްވެހިކަން ބަދުލުކުރައްވާނަމަ އެކަން ވިހާވެސް އަވަހަށް ފޯޓަލް މެދުވެރިކޮށް އަންގަންވާނެ ކަމަށެވެ. ދައުލަތުގެ އިދާރާތަކުން ލިބެންހުރި ހުރިހާ މައުލޫމާތެއް ހިޔާވަހި ޕޯޓަލްއަށް ލިބޭނެގޮތް ހަމަޖައްސައިފައި ވާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ހައިދަރު ވިދާޅުވީ މި ޕްލެޓްފޯމްގެ ސަބަބުން މިނސްޓްރީއަށް ރައްޔިތުންގެ މައުލޫމާތުތައް ވެރިފައި ކުރުމުގައި ފަސޭހަތަކެއްވެގެން ދާނެ ކަމަށާއި އަދި ރައްޔިތުންނަށްވެސް މި ޕްލެޓްފޯމުން ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: