ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަނޑުވެރިކަމާއި ގުޅޭ ކޯސްތައް ހިންގުމަށް އައިޔޫއެމްއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފޮޓޯ: ދަނޑުވެރިކަމާއި ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދަނޑުވެރިކަމާއި ގުޅޭ ކޯސްތައް ހިންގުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ(އައިޔޫއެމް) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން އެމްއޯޔޫގައި މިނިސްޓަރ ޑރ. އާއިޝަތު ރަމީލާ ސޮއި ކުރައްވާފައިވާއިރު ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސްޗާންސެލަރ ޑރ. އަލީ ޒާހިރެވެ.

މި އެމްއޯޔޫގެ މަގްސަދަކީ އެ ވުޒާރާއާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުމުގައި ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް އ، ދަނޑުވެރިކަމުގެ ދާއިރާގެ މަސައްކަތްކުރުމަށް ފަހި މާޙައުލެއް ގާއިމުކުރުމަށްޓަކައި ދިރާސާކުރުމުގެ ސަގާފަތެއް ގާއިމުކޮށް ކުރިއެރުވުން ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މިފަދަ ދިރާސާތައް ކުރުމުގައި ދެ މުވައްސަސާގެ ތަޖުރިބާ އާއި ފަންނުވެރިކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ގާއިމުކުރެވިފައިވާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ހިފުމަށް މަގުފަހި ކުރުމާއި ދެމުއައްސަސާގެ މުވައްޒަފުންނަށާއި އާންމުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް ވަނީ މައުލޫމާތު ދިފައެވެ. 

މި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާނެ ބައެއް މަސައްކަތްތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ކޯސްތައް އެމްކިއުއޭ ގަބޫލުކުރާ ފެންވަރަށް ދެ އިދާރާ ގުޅިގެން ފަރުމާކޮށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެ އިދާރާއިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކުގައި ދެ އިދާރާގެ ފަންނީ މުވައްޒަފުންގެ އެހީތެރިކަން ދެފަރާތުން އެއްވަރަކަށް ހިއްސާކުރުމާއި ދަނޑުވެރިކަން ވިޔަފާރީގެ ގޮތުގައި ކިޔަވައިދޭނެ މަގުވެސް ފަހިވެގެން ދާނެ ކަމަށް ވަނީ އެ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: