ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފަށަނީ!

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ދެ-ތިން ހަފްތާގެ ތެރޭގައި ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުންޏާ އެކު ބަންކަރިންގެ ހިދުމަތް އިހަވަންދިއްޕޮޅުގައި ދޭން ބަޔަކާ ހަވާލު ކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. ހޯރަފުއްޓަށް މިއަދު ވަޑައިގަތުމުން އެ ރަށުގެ ޖަލްސާގައި ސައީދު ވިދާޅުވީ ކުރިޔަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ދުނިޔޭގެ 10 ވަނައިގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏާ އެކުގައި ބަންކަރިންގެ ހިދުމަތަށް އެ ސަރަހައްދު ވަންނާނެ ކަމަށެވެ. އަދި އެއަށް ފަހު ތިން މަސް ދުވަހުގެ ތެރޭގައި، ވިޔަފާރި ފެށިގެން ދާނެކަމުގެ އުންމީދު އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“މިތަނުން ދަތުރު ކުރާ ބޯޓުފަހަރުތަކަށް ބަންކަރިންގެ ހިދުމަތް ދިނުމަށް.. ދެތިން މަސް އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ… އެކަމަށް ފައިސާ ހޯދުމުގެ ގޮތުން މިދަނީ ޔޫރަޕިއަން ބޭންކާ ވާހަކަ ދައްކަމުް.. އަދި އޭގެ ކުރިމަގު އެބަފެނޭ… އިރާދަކުރެއްވިޔާ..” ސައީދު ވިދާޅުވިއެވެ.

ޖުލައި މަހު މަސައްކަތް ފެށޭނެކަމުގެ އުންމީދު ދެއްވައި ސައީދު ވިދާޅުވީ، ބަންކަރިންގެ ހިދުމަތް ފެށުމުގެ ސަބަބުން އެތައް ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއެރުންތައް ލިބޭނެ ކަމަށެވެ. އެއާއި އެކު ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބި، އާމްދަނީ ރަނގަޅު ވެގެން ދާނެކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި މަސައްކަތަށް ބޭނުންވާ ފައިނޭންސިންއަށް މިވަގުތު ދަނީ މަޝްވަރާ ކުރެވެމުންނެވެ. އަދި އެކަމުގައި ބަލާނީ ދަރަނި އިތުރު ނުވާނެހެން، މަސައްކަތް ކުރަންކަމަށް ސައީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: