ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާލަތަށް ގައުމު ވައްޓާލީ، އިގްތިސާދުގެ ކަންބޮޑުވުން އޮވެގެން އެ ވާހަކަ ދައްކާ މީހުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން މިއަދު ތަކުރާރުކޮށް ވާހަކަ ދައްކަން ޖެހިފައި ވަނީ، އެ ވާހަކަތައް ބަޔަކު އެ ނިޔަތެއްގައި ދައްކަމުން ދާތީކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގެ ތަރައްގީއަށް ރޭވިފައި ހުރި މަޝްރޫއުތަކަށް ރައީސް އަލިއަޅުއްވާލެއްވި އެވެ.  

ރައީސް ވިދާޅުވީ ވެރިކަމާއި ހަވާލުވުމަށް ފަހު މިވީ ތިން މަސް ދުވަހުގެ ތެރޭގައި އެންމެ ބޮޑު މަސައްކަތެއް ކުރެވުނީ އިގްތިސާދީ ދާއިރާ ކުރިއަރުވައި ހަރުދަނާ ކުރުމަށް ކަމަށެވެ. އެގޮތުން ދަރަނި އިތުރުވިޔަ ނުދީ، ރާއްޖޭން އަލުން އަނބުރާ ދައްކަން ޖެހޭ ލޯނުތައް ވެސް ދެއްކުމުގެ މަސައްކަތް ކުރިޔަށް ގެންދެވިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން މިއަދު ތަކުރާރުކޮށް ވާހަކަ ދައްކަން ޖެހިފައި ވަނީ، އެ ވާހަކަތައް ބަޔަކު އެ ނިޔަތެއްގައި ދައްކަމުން ދާތީ ކަމަށެވެ. އެކަމަކު ހަގީގަތަކީ ރައީސް ވިދާޅުވި ގޮތުގައި ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވެފައި ހުރުމާއި އެކު ކުންފުނިތަކާއި އަދި އެކި އިދާރާތަކުން އާންމުންނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އެކަނި ވެސް 09 ބިލިއަނަށް އެރުމެވެ.

މިދިޔަ ސަރުކާރު ނިމިގެން ދިޔައިރު ނުދައްކާ ހުރި ފައިސާތަކުގެ ވާހަކަތައް މި ދައްކަނީ.. އެ ފައިސާތައް ވެސް އަޅުގަނޑުމެން މި ދަނީ ދައްކަމުން… ބޭރުގެ އެކި ލޯނުތަކަށް ހުރި ފައިސާ ދައްކަމުން.. ފައިސާ ޗާޕު ނުކޮށް ދައްކަމުން..

ރައީސް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ހިމެނޭ ގޮތަށް ކްރިއޭޓިކް އިކޮނޮމީއެއް ތައާރަފުކޮށް މަސައްކަތް ކުރަމުން ދަނީ އިގްތިސާދު ފުޅާ ކުރުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: