ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ހާލަތުން އަރައިގަތުމަށް ރައީސް ވަނީ ގިނަ މަސައްކަތް ކުރައްވާފައި: ސައީދު

އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތުން ސަލާމަތްކުރެއްވުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު ގިނަ މަސައްކަތްކުރެއްވިކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ނ ހޮޅުދޫ އަށް ރައީސް މުއިއްޒުއާއިއެކު ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު ސައީދުވަނީ ރައްޔިތުންނާއި ބައްދަލުކުރައްވާ ރާއްޖޭގެ އިގްތިސާދާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މި ދައުރުގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް އެއް މަސް ދުވަހުގެ ތެރޭގައި ދެ ލައްކަ ފަތުރުވެރިން އައިސްފައިވާކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި ރައީސް މުއިއްޒު އަދި ފަތުރުވެރިކަމުގެ މިނިސްޓަރަށް މަރުހަބާއާއި ޝުކުރު ދަންނަވާކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް މުއިއްޒުއަށް އެކަމުގެ ޝުކުރު ރައްދުވަނީ އިގްތިސާދަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި އެމަނިކުފާނު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާތީކަަމަށެވެ. އެގޮތުން ގައުމުތަކުގެ އިސްވެރިންނާއި ފޯނުން ގުޅުއްވިކަމަށާއި ރާއްޖެ މި ހާލަތަށް ވައްޓާލުމަށް ބަޔަކު މީހުން ރާވައިގެން ކުރަމުންދިޔަ މަސައްކަތްތައް ފެއިލްކޮށްލުމަކީވެސް އެމަނިކުފާނުގެ އޮފީހުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަނެއްކާވެސް އާ އެއާރލައިނެއްގެ ފްލައިޓުތަކެއް ރާއްޖެއަށް ޗައިނާއިން ދަތުރުތައް ފަށައިފިކަމަށާއި ލިބިވަޑައިގެންފައިވާ މައުލޫމާތަކީ ކުށް ނޫންކަމަށްވާނަމަ، އެއީ އަލަށް ރާއްޖެއަށް ދަތުރުތައް ފަށާފައިވާ ހަތަރުވަނަ ޑެސްޓިނޭޝަންކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ޔޫރަޕުންނާއި މެދުއިރުމަތިންވެސް ދަތުރުތައް ފަށާފައިވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މަހެއްގެ ތެރޭގައި ދެލައްކަ ފަތުރުވެރިން އައިސްފައިވާކަމަށާއި، ރާއްޖެއަށް ޑިވެލޮޕްމެންޓު ބެންކުތައްވެސް އައުމަށް އިންތިޒާމުކޮށްފައިވާކަމަށެވެ. އަދި އައު ރިސޯޓުތައް ހެދޭނެ ގޮތަށް ކަންކަން ހަމަޖެހިފައިވާއިރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށްވެސް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ދަތި މާލީ ހާލަތުން އަރައިގަތުމަށް ރައީސް ގެންދަވަނީ މަސައްކަތްތައް ކުރައްވަމުންކަމަށާއި ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑަށް 30 މިލިއަން ޑޮލަރުވެސް ޖަމާކުރައްވައިފިކަމަށް ހިއްސާކުރެއްވިއެވެ. މިނިސްޓަރު ސައީދު ވިދާޅުވީ، އެއީ އެންމެ 100 ދުވަހުގެ ތެރޭގައި ހާސިލުކުރައްވާފައިވާ ކަންކަން ކަމަށާއި ރުފިޔާ ޗާޕުކުރަމުންދިޔަ ދިއުންވެސް ހުއްޓުމަކަށް ގެންނެވިކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެންމެ 100 ދުވަހުގެ ތެރޭގައި އެއްވެސް ބަޔަކަށް ނުދަރާ ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމާއި ކާޑު އެތެރެކުރުމުގައިވެސް އެމަނިކުފާނުވަނީ ކާމިޔާބުވެފައިވަކަމަށެވެ. އަދި އެމަނިކުފާނު އެ އަމާޒުތަކަށް ވާސިލުވެވަޑައިގެންނެވީ ރާއްޖޭގެ މިނިވަންކަމަށް ބުރު އެރުމެއް ނެތި އަމިއްލަ އެއްޗެއްގެ ގޮތުގައި ބާއްވައިގެންކަމަށާއި އެ ހުރިހާ ކަމެއް ކުރެއްވީ މަދު ދުވަސްކޮޅެއްގެ ތެރޭގައިކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ވަނީ ކައުންސިލުތަކާއިވެސް ބައްދަލުކުރައްވާފައިވަކަމަށާއި ރައްޔިތުންނާއި ބައްދަލުކުރައްވަމުންވެސް ގެންދެވީ އެ ސަތޭކަ ދުވަހުގެ މުއްދަތުގެ ތެރޭގައިކަމަށް އަލިއެޅުއްވިއެވެ. އަދި ދުނިޔޭގެ ބާޒާރަށް ބޮޑެތި ލޮޅުންތައް އައިސްފައިވާއިރު ބޮޑެތި ގައުމުތަކާއި ކުރާ މުއާމަލާތްތަކުގައިވެސް ދިވެހިންނަށް އެންމެ ރަނގަޅު މަގެއް ހޯއްދެވުމަށް އިސްކަން ދެއްވާ ވަކާލާތު ކުރައްވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގެ ވެރިކަން ނިމިގެންދިޔަ އިރު ޑޮލަރުގެ އަގަށް ބޮޑެތި ބަދަލުތައް އައިސްފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރެއްގައި ކަންވެގެންދާ ގޮތްކަމަށެވެ. އެހެންނަމަވެސް ރައީސް ގެންދަވަނީ އެ ހާލަތު ސްޓޭބަލް ކުރެއްވުމަށް މަސައްކަތްތައް ކުރައްވަމުންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: