ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ބާރުތަކުގެ މެދުގައި އަބަދު އަރާރުންވުމަކީ ރަނގަޅުކަމެއް ނޫން: އުޝާމް

ބަންޑާރަ ނައިބު އަހްމަދު އުޝާމް/ ފޮޓޯ: ރަީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމާއި، ކޯރަމް ކަނޑައަޅާ ގޮތަށް މަޖިލީހުން ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފުކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އެ ބަދަލުގެ ފަހުން މަޖިލީހުން ފާސްކުރި ބިލުތަކާއި ނިންމި ކަންތަކާއި ގުޅޭގޮތުން ގާނޫނީ ލަފާ ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅައިފި އެވެ.

ރައީސް ގާނޫނީ ލަފާ ހޯއްދެވުމަށް ހުށަހެޅުއްވިކަން މީޑިއާތަކުން ރިޕޯޓު ކުރުމުން މިއަދު ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ އޮފީހުން ގެންގުޅުނު ސްޓޭންޑަކީ މަޖިލީހުގެ ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ. ރައީސަށް ވީހާވެސް އަވަހަށް ލަފައެއް އަރުވާނެކަމުގެ ޔަގީންކަން ދެއްވައި އުޝާމް ވިދާޅުވީ ދައުލަތުގެ ބާރުތަކުގެ މެދުގައި އަރާރުންތައް ހިނގައި ދެބަސްވުންތައް ހިނގުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ.

އުޝާމް ވިދާޅުވީ ހުރިހާ ފަރާތަކުން ވެސް ގޮތް ނިންމަން ވާނީ، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމާށެވެ. އަދި ލަފާ އެރުވުމުގައި އެކަމަށް ބައްލަވާނެކަމަށް އުޝާމް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރާ ގުޅުމަށް ހަތް މެމްބަރަކު އިސްތިއުފާ ދިންއިރު، ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފުކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެ ކޯޓުން ނިންމި ނަމަވެސް ޖުމުލަ މެންބަރުން ގުނާ ގޮތް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހަށް ގެނައި ގަވާއިދުގެ މާއްދާތައް އެ މަޖިލީހުން މިހާރު ބާތިލުކޮށްފައިވާތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް ގާނޫނީ ހައްލެއް އެ ކޯޓުން ހޯދައިދެވެން ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައިވަނީ ގާނޫނު އަސާސީގައި ވަކި ކަންކަން ނިންމަން އެކި އަދަދުތަކުގެ އަގުލަމިއްޔަތު ހިމަނާފައި ވަނީ ހައްސާސީ، އުސޫލީ ބޮޑެތި ކަންކަން މަދު ބަޔަކު ތިބެގެން ނިންމުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ. އަޒްމިރަލްދާ ވިދާޅުވީ މެންބަރުންގެ ވިސްނުމަކީ ގާނޫނު އަސާސީގެ އުސޫލީ ކަންކަން މަދު ބަޔަކު ނޫނީ މަދު ސިޔާސީ ޖަމާއަތެއްގެ މަސްލަހަތުގައި ނިންމުމުގެ ފުރުސަތު ނުދިނުމަށް އަޅާފައިވާ ހިމާޔަތެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: