ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފުށީގެ ތަރައްޤީއާއި ގުޅުން ހުރި ރައްޔިތުންގެ ޝަކުވާ ހައްލު ކުރާނަން: ރައީސް

އަލިފުށީ ކައުންސިލާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. އަލިފުށިގެ ތަރައްގީއަށް އެންމެ މުހިންމު އެއްކަމަކީ ރަށުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެން ދިއުންކަމަށް ވާތީ އެކަމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައި، ރައީސް ގެންދަވަނީ އެ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލު ކުރައްވައި ކަންބޮޑުވުންތައް އަޑުއައްސަވަމުންނެވެ. އެގޮތުން މިއަދު އޮތް އަލިފުށި ކައުންސިލް ބައްދަލުވުމުގައި މެމްބަރުން ވަނީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ. އަދި ހުށަހެޅުއްވި ކަންތަކުގެ ތެރޭގައި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ސަރަޙައްދަށް ބިން އިތުރުކުރުމާއި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ކުނިމެނޭޖްކުރުމުގައި ކަރަންޓުދިނުމުގައި ހުރި ދަތިތައް ހިމެނެއެވެ.

ރަށުގެ ސިއްހީ ހިދުމަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ހިދުމަތް ލިބިގަތުމުގައި ދިމާވާ މައްސަލަތަކުގެ ސަބަބުން ރައްޔިތުންގެ ޝަކުވާތައް ލިބޭކަމަށް ކައުންސިލުން ބުންޏެވެ.

މީގެއިތުރުން ޑަބްލިއުޑީސީގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާ އަދި ޖުމްލަ ގޮތެއްގައި ކޮމިޓީތަކަށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އެކަށީގެންވާ މާހައުލެއް ނުލިބޭކަމަށް މެމްބަރުން ފާހަގަކުރެއްވި އެވެ.

ކައުންސިލާއި ޑަބްލިއުޑީސީގެ ހުށަހެޅުންތަކަށް ރައީސް މުއިއްޒު ވަނީ ސަމާލުކަން ދެއްވައިގެން ހައްލު ހޯއްދަވާނެކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: