ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރު ނިމޭއިރު އެސްޑީއެފްއަށް 100 މިލިއަން ޑޮލަރު ޖަމާކުރެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ނިމޭއިރު، ސޮވެރިން ޑިވެލޮޕްމަންޓު ފަންޑަށް 100 މިލިއަނަށް ވުރެ ބޮޑު އަދަދެއް ޖަމާ ކުރެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން ގޮންޖެހުންތަކެއް ދިމާވެ، އެކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ރައީސް ގެންދަވަނީ ތަކުރާރުކޮށް ފާހަގަކުރައްވަމުންނެވެ. ފަހަކަށް އައިސް މި މައުޟޫއުގައި ވާހަކަ ދެކެވޭ މިންވަރު އިތުރުވީ، ސަރުކާރުން ބޮޑެތި ހަރަދުތައް ކުރާކަމުގެ ތުހުމަތުތަކާއި އެކު މާލީ ހާލަތު ގޯސްވެފައިވާކަމަށް ބުނެ ފެތުރުނު އަޑުތަކަށެވެ.

އެ ވާހަކަތައް އޭރު ވެސް ދޮގު ކުރައްވައި ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން 120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް ވާރުތަވެގެން އައިއިރު މާލީ ޑިސިޕްލިން އެމްޑީޕީގެ ވެރިކަމުގައި ބޭނުން ކުރީ ފަރުވާކުޑަކަމާއި އެކު އެއްވެސް ހަމައެއް އުސޫލެއް ނެތި ކަމަށެވެ. އެހެންވެ އެސްޑީއެފް ފަންޑަށް އަލުން ޑޮލަރުން ފައިސާ ޖަމާކުރަން ފަށައި، އެ ފަންޑު ހިމާޔަތް ކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

މިއަދު ރ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ރައީސް ވިދާޅުވީ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން ރައްޔިތުންގެ ތަރައްގީއަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ އިހްތިސާދު ބޮޑު އަނދަވަޅެއްގެ ތެރޭގައި އޮތް އިރު ރައީސް ވިދާޅުވީ، 120 ބިލިއަންގެ ތެރޭގައި ބޭރުގެ ދަރަންޏާއި 09 ބިލިއަންގެ އެތެރޭގެ ދަރަނި ހިމެނޭ ކަމަށެވެ.

ފައިސާ ޗާޕް ކުރުން ހުއްޓާލުމަށް މި ސަރުކާރުން ނިންމީ، މުހިންމު މަގްސަދެއްގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސޮވެރިން ފަނޑުގައި ހުރި ޑޮލަރުތައް ކުރީ ސަރުކާރުން މާރުކޮށް އެއްކޮށް ހުސްކޮށްލި ކަމަށެވެ.

އެ ފަންޑަށް ޑޮލަރު ޖަމާ ކުރަން ފަށާފައިވާކަމަށާއި، މިހާރު 30 މިލިއަން ޑޮލަރު ހަމަވެފައިވާއިރު އަހަރު ނިމޭއިރު 100 މިލިއަންގެ ބޮޑު އަދަދެއް ހުންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

ފަންޑަށް ޑޮލަރު ޖަމާ ކުރަން މަސައްކަތް ދަނީ ކުރިޔަށް.. މިހާރު 30 މިލިއަން ޖަމާވެއްޖެ.. އިރާދަކުރެއްވިއްޔާ އަހަރު ނިމޭއިރު 100 މިލިއަންގެ ބޮޑު އަދަދެއް ޖަމާ ކުރެވޭނެ

ދަރަންޏާއި ގުޅޭގޮތުން ރައީސް ވިދާޅުވީ 2025، އަދި 2026 ގައި ބޭރުގެ ދަރަނީގެ ގޮތުން ރާއްޖެ ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމަށެވެ. އެކަމަށް ތައްޔާރުވުމަށާއި، އަދި އިގްތިސާދު ފުޅާ ކުރުމަށް އިންވަސްޓްމަންޓުތައް އިތުރު ކުރެވިގެން ދާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މި އަހަރަށް ލަފާ ކުރި ދައުލަތުގެ ބަޖެޓު މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މީގެ ކުރިން ދުވަހަކު ވެސް އަމަލު ކުރި ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން އައު ސަރުކާރުން ހުށަހެޅި އެއްވެސް ކަމަކަށް ރިއާޔަތް ނުކުރިއިރު، ހުށަހެޅި ކަންތައް ވެސް ބަޖެޓުން އުނި ކުރުމަކީ ކުރި ޖެއްސުމެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: