ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްރާބު ހަމަމަގަށް ނަމުގެ ވާހަކަތަކަކީ ބޮޑު އޮޅުވާލުމެއް، ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދެއްވާ: އިހްސާން

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން މިސްރާބު ހަމަމަގަށް ގެނައުމުގެ ނަމުގައި ދިވެހިރައްޔިތުންނަށް ދަނީ އޮޅުވަމުން ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލި ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޔަޒްމީދު މުހައްމަދުގެ ކެމްޕެއިން ޖަގަހަ ”އިންޤިލާބީ ބަދަލަކަށް ޔަޒްމީދު 2024“ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ. އިހުސާނާއި އެކު ދައުލަތުގެ އެހެން ބައެއް ވަޒީރުން ވެސް ބައިވެރިވި މި ޖަލްސާގައި އިހުސާން ވިދާޅުވީ ގައުމު ހަމަ މަގަށް އެޅުވެން އޮތީ ސަރުކާރުގެ ކެންޑިޑޭޓަށް ވޯޓު ދީގެން ކަމަށެވެ.

އަންނަ އޭޕްރިލް 21 ގައި ބާއްވާ މަޖިލިސް އިންތިހާބަށް އިދިކޮޅުގެ ސްލޯގަން މިސްރާބު ހަމަ މަގަށް ފާޑުކިއުން އަމާޒު ކުރައްވައި އިހުސާން ވިދާޅުވީ ރާއްޖޭގެ ވެރިކަމާއި އެކުގައި ރައްޔިތުން މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ވެސް ލިބިގެން މިދިޔަ ފަސް އަހަރު އެމްޑީޕީއަށް ދިވެހިންނަށް ގެންގޮސް ދެވުނު ރަނގަޅު މިސްރާބެއް ނެތް ކަމަށެވެ. އެހެންވެ ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން ނިކުތީ ރައީސް މުއިއްޒުކަމަށާއި އެ ކާމިޔާބީގައި މަސައްކަތް ކުރެވެން އޮތީ ސަރުކާރުގެ ކެންޑިޑޭޓުން މަޖިލިސްގައި ތިބެގެންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ރާއްޖެ ހަމަ މަގުން ނެއްޓުމުގައި ވެސް ތިއްބެވީ ހަމަ މަގަށް އަޅުވަން ތިއްބެވި ބޭފުޅުން ކަމަށެވެ.

ދައުލަތުގެ މަލީ ވަޒީރުކަން ފަސް އަހަރު ކުރައްވައިފައި ޓީވީ އަށް އަރާ ބުނަނީ އެދާއިރާއިން އެއްވެސް ކަމެއް ވެފައެއްނެތޭ. އެހެންވީމާ އަޅުގަނޑަށް ހަވާލުކުރާށޭ އެދާއިރާ ހަމަމަގަށް އަޅުވަން. ބައެއް ބޭފުޅުންނަށް ހީވެދާނެ އަޅުގަނޑުމެން ތަންކޮޅެއް މޮޔައީއޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ހަމަ ވަރަށް ސާފުކޮށް އިންގޭ މި ދައްކަވާ ވާހަކަފުޅުތައް

ދިވެހިރާއްޖެ ހަމަ މަގަށް އަޅުވަން ދިވެހި ރައްޔިތުން އޮތީ ވަރަށް ފުރިހަމަ ނިންމުމެއް މިދިޔަ ރިޔާސީ އިންތިހާބުގައި ނިންމާފައި ކަމަށް އިހްސާން ވިދާޅުވިއެވެ. އަދި އެ ނިންމުމަކީ ދިވެހިރާއްޖެއަށް އިސްލާމީ ވަންތަ ސިފަތަކާއި އެކު އޮންނަ ވެރިކަމެއް ގާއިމްކޮށް ގާނޫނީ ވެރިކަން ދަމަހައްޓާނެ ވެރިއެއް ގެނައުން ކަމަށް އިހްސާން ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: