ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހީންގެ ރާއްޖެއަށް މަޖިލީހުން ފުރުސަތު ލިބެން ޖެހޭ: ޔަޒްމީދް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުން ދިވެހީންގެރާއްޖެއަށް ފުރުސަތު ލިބެންޖެހޭ ކަަމަށް ވިލިނގިލި ދާއިރާއަށް ވާދަކުރައްވާ ޔަޒްމީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލި ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޔަޒްމީދު މުހައްމަދުގެ ކެމްޕެއިން ޖަގަހަ ”އިންޤިލާބީ ބަދަލަކަށް ޔަޒްމީދު 2024“ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ. ޔަޒްމީދު އެ ރަސްމިއްޔާތުގައި ވިދާޅުވީ ސަރުކާރުން ސިއްހީ ނިޒާމަށް އާ ބަދަލުތައް ގެނެސްދެއްވަމުން ދާކަމަށެވެ.

ޔަޒްމީދު ވިދާޅުވީ އެމްޑިޕީގެ ފަނާކުރަނިވި ނުވަތަ ގައުމު އަޅުވެތި ކުރުވި ފިކުރަށް ނޫނެކޭ ބުނެ ދިވެހީންގެ ރާއްޖެ ހޯދީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށެވެ. ދިވެހީންގެ ރާއްޖެއަށް ވާސިލްވި ކަމުގައި ވީނަމަވެސް ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށް ޔަޒްމީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެކަން އަދުގެ ރައިސުލްޖުމްހޫރިއްޔާ ކުރައްވާ މަަަސައްކަތުން ފެނިގެން ދާކަމަށެވެ. އަދި އެމަކިފާނު އެކުރައްވާ ގައުމީ ޖިހާދުގައި އެއްބާރުލުން ދެއްވަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މުއިއްޒު ގެންދަވަނީ ހިކުމަތްތެރި ކަމާއެކުގައި މަސައްކަތް ކުރައްވާނެ ގާބިލް ޓީމަކާއި އެކު ދިވެހިންގެރާއްޖެގައި ފައިތިލަ ސާބިތުކުރުމަށް މަސައަކަތް ކުރައްވަމުން ކަމަށް ޔަޒްމީދު ވަނީ ވިދާޅުވެފައެވެ. ކޮންމެ ދިމާލަކުން ވެސް ފެނިގެން ދަނީ ގައުމަށް އަންނަ ހެޔޮ ބަދަލު ކަމަށާއި އެނޫން ބަދަލެއް ފެނިގެން ނުދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ތިން މަސް ދުވަހުގެ ތެރޭގައި އެތަކެއް ހެތޮ ބަދަލު ތަކެއް ފެނިގެން ގޮސްފައި ވާކަމަށް ޔަޒްމީދު ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމަށް އަލަށް ތައާރަފް ކުރި އެއާ އެމްބިއުލާންސްގެ ހިދުމަތުގެ ވާހަކައަށް އަލިއަޅުވާލަމުން ޔަޒްމީދް ވިދާޅުވީ އެ ބަދަލަކީ އެ ދާއިރާއަށް ގެނެވުނު އިންގިލާބީ ބަދަލެއް ކަމަށެވެ. ރަށް ރަށުގައި ނިމިދިޔަ ސަރުކާރުން ސިއްހީ ނިޒާމުގެ އިހުމާލު ވެފައިވާ އެތައްކަމެއް މި ސަރުކާރުން ދަނީ ހައްސަ ސަމާލުކަމެއް ދީގެން ރަނގަޅު ކުރައްވަމުން ކަމަށް ޔަޒްމީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: