ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުމީ ޒުވާނުންގެ ހިޔާލުތަކަށް އަމަލީ ސިފަޖައްސައިދޭނެ ވިޔަފާރިވެރިން: އަސްވާޑު

މިނިސްޓަރު އަސްވާޑު: ފޮޓޯ/ ޔޫތު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެކަތަންގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި ޒުވާނުންގެ ހިޔާލުތައް ހަގީގަތަކަށް ހަދައިދިނުމަށް ބޭނުންވާ މާލީ މަގުތައް ތަނަވަސްކޮށްދިނުން ހިމެނޭކަމަށް ޔޫތު މިނިސްޓަރު އިބްރާޙިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޒުވާނުންގެ ތެރޭގައި ކުރިއަށް ގެންދިޔަ “މޯލްޑިވްސް ޔޫތު ހެކަތަން” ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްވާޑުވަނީ އެ މުބާރާތުން އެއްވަނަ ހާސިލުނުވާ ފަރާތްތަކަށްވެސް ފުރުސަތު ގެއްލިގެން ނުދާކަމުގެ އުންމީދު ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ހަރަކާތުން މުހިންމު ފިލާވަޅެއް ދަސްކުރަންޖެހޭކަމަށާއި މޮޅުވާނީ ކޮންމެވެސް އެއްބައެއް ކަަމަށެވެ. އެހެންނަމަވެސް އެކަމުގައި މާޔޫސްވެ އުންމީދު ކަނޑާލައިގެން ނުވާނެކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ހެކަތަންގެ ބައިވެރިންގެ ހުރިހާ ޕިޗުތައް ބެއްލެވިކަމަށާއި އެކަންކަން ޕްރެސެންޓުކުރިއިރުވެސް ބައްލަވަން އިންނެވިކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ޒުވާނުންވަނީ ހެކަތަންގެ ތެރޭގައި ބުރަ މަސައްކަތްތަކެއް ކޮށްފައިކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ދޫކޮށްލާފައި ދެވެން ނެތްކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ހެކަތަން އިން ކާމިޔާބު ނުވުމަކީ ނުވަތަ އެއްވަނަ ހާސިލު ނުވުމަކީ މަސައްކަތްތައް ހުއްޓާލަންވީ ހިސާބު ނޫންކަމަށާއި ކާމިޔާބީއަށް ކުރުމަގެއް ނޯންނާނެކަން ހަނދުމަފުޅު ބެހެއްޓުމަށް އިސްތިމާސްކުރެއްވިއެވެ.

“ހަނދުމަފުޅު ބަހައްޓަންވީ ކަމަކީ ކާމިޔާބީއަށް ކުރުމަގެއް ނޯންނާނެ، ކުރުމަގެއް ނޫން އެއީކީ ފަސޭހަ ހަރުފަތްތަކަކުން ދެވޭ ހިސާބެއް ނޫން އެއީކީއެއް” މިނިސްޓަރު އަސްވާޑު

މިނިސްޓަރު ވިދާޅުވީ، ކާމިޔާބީއަށް ކުރުމަގެއް ނޯންނާނެކަމަށާއި އެއީ ފަސޭހަ ހަރުފަތްތަކަކުން ދެވޭ މަންޒިލެއް ނޫންކަމަށްވެސް ހިއްސާކުރެއްވިއެވެ. އެހެންނަމަވެސް ހެކަތަންގެ ބައިވެރިންގެ ހުށައެޅުންތައް ބަލާލުމުން ދިވެހި ޒުވާނުންނަށް ބޭނުންވަނީ ފައިސާގެ އެހީކަން ސާފުވެވަޑައިގެންފައިވާކަމަށާއި ޒުވާނުންގެ ހިޔާލުތައް ޝޯކޭސްކުރުމަށް ފުރުސަތުތައް ހޯދައިދެމުންދަނީ އެ ހިޔާލުތަކާއިއެކު ކުރިއަށް ދާނެ ފަރާތްތަކާއި ގުޅުވައިދިނުމުގެ އުންމީދުގައިކަމަށްވެސް ފާހަގަކުރެއްވިއެވެ.

ހެކަތަންގެ ޕިޗުތައް ބަލާލުމަށް ރާއްޖޭގެ އިގްތިސާދީ ސިނާއަތުން ފާހަގަކޮށްލެވޭ ގިނަ އަދަދެއްގެ ކުންފުނިތަކުން އިސްވެރިން ވަޑައިގެންނެވިކަމަށް މިނިސްޓަރު އަސްވާޑު އަލިއެޅުއްވިއެވެ. އަދި އެއީ ލިބިވަޑައިގެންނެވި ބޮޑު ހިތްހަމަޖެހުމެއްކަމަށާއި ބޭނުންވެވަޑައިގެންނެވީ ދިވެހި ޒުވާނުންގެ ހިޔާލުތައް ހިއްލާލަދޭނެ ވިޔަފާރިވެރިން ހޯދުމަށްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިންވެސް ރާއްޖޭގައި މިފަދަ ހަކަތަންތައް ކުރިއަށް ގެންދިކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވެވައިގެންނެވި ފަރާތްތަކާއި ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރެއްވިކަމަށެވެ. އަސްވާޑު ވިދާޅުވީ، ކުރިން ބޭއްވުނު ހެކަތަންތަކުގައި ޒުވާނުން ހުށައެޅި އައިޑިއާތަކަށް ވެގެންދިޔަ ގޮތާއިމެދު ސުވާލުކުރެއްވިކަމަށާއި އަނެއް ދުވަހު ހެނދުނު އައިޑިއާތައް މަރުވެގެންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންނެކަން ހާމަކުރެއްވިއެވެ. އަދި ހެކަތަންގެ ނާކާމިޔާބީއަށް ފަހު އަނެއް ދުވަހު މާޔޫސްކަމާއިއެކު އެ ހިޔާލުތަކުގައި އަމަލީ ސިފަ ނުޖެއްސޭނެކަމަށް ބަލައި އާންމު ވަޒީފާއަކަށް ޒުވާނުން ދިއުމުގެ ފުރުސަތު ބޮޑުކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: