ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުގައި ނުހައްގުން 50 ބިން ދޫކޮށްފައިވޭ: ފަޒުލް

އާބަންކޯގެ އެމްޑީ ފަޒުލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --ވަގުތު އިމޭޖަސް-- އަހުމަދު މަމްދޫހު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުގައި ނުހައްގުން 50 ބިން އެކި ފަރާތްތަކަށް ހުޅުމާލެއިން ދީފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ  މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިހެން ވިދާޅުވީ ޕީއެންސީއިން އިންތިޒާމް ކޮށްގެން ބޭއްވި ޖަލްސާއެއްގައެވެ. އެޗްޑީސީއާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ހުޅުމާލޭ ރައްޔިތުންނަށް ފަސޭހަ ހިދުމަތްތަކެއް ދިނުމުގެ މަސައްކަތްކަމަށް ފާހަގަކޮށް ފަޒުލް ވިދާޅުވީ އެއަށްފަހު ދެން ބެލީ ހުޅުމާލޭގައި ހުރި ބިންތަކުގެ ކަންތައްތައްކަމަށެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 50 ބިން އެކި މީހުންނަށް ހަލާސްކޮށްފައިވާކަމަށް ފާހަގަކޮށް ފަޒުލް ވިދާޅުވީ، ވިޔަފާރި އުސޫލުންނާއި ނުހައްގުން ދީފައިވާ ވަރަށް ބައިވަރު ބިންތަކެއް އެބަހުރިކަމަށް ފަޒުލް ވިދާޅުވިއެވެ.

މިއީ ރައްޔިތުންނަށް ހާމަ ކުރަން ޖެހޭ ވާހަކަތަކެއްކަމަށް ފާހަގަކޮށް ފަޒުލް ވިދާޅުވީ، ނުހައްގުން ބިންތައް ދީފައިވާ ފަރާތްތަކާއި ގުޅޭ މައުލޫމާތުތައްވެސް ހާމަ ކުރައްވާނެކަމަށެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތި ޕްލޮޓުތައް ދީފައި ހުރީ ފުށުއަރާ ގޮތަށްކަމަށް ފާހަގަކޮށް، ފަޒުލް ވިދާޅުވީ އެ ތަންތަން ރި ލޮކޭޓު ކޮށްގެން ނޫނީ ހަވާލު ނުކުރެވޭނެކަމަށެވެ.

ދެން އަޅުގަނޑު ކައިރީގައި ނޫހަކުން މި އަހަަނީ ކީއްވެގެންތޯ ބިންތައް ނުދެވިގެން އުޅެނީ. ކިހިނެއް އަޅުގަނޑު ދޭނީ، އެތަން ހުސްކޮށްގެންތާ އަޅުގަނޑަށް ދެވޭނީ. ރީ ލޮކޭޓްކޮށްގެން ނޫން ގޮތަކަށް މިކަން ކުރެވޭކައް ނެތް.

 ފަޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ފަޒުލް ވިދާޅުވީ ބިން ހިއްކަމުންދާ އެއްވެސް މަޝްރޫއުއެއް ހުއްޓުމަކަށް އައިސްފައިވާ ނުވާކަމަށެވެ. ނަމަވެސް ހާލަތާއި ގުޅޭ ގޮތުން މަސައްކަތްތައް ތަރުތީބު ކުރުމަށް އިސްފަސް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. ގުޅީފަޅު ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ފާހަގަކޮށް ފަޒުލް ވިދާޅުވީ ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: