ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްގެ އުމްރާ ދަތުރު ލިބުނު ތިން މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފި

އުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކުރުން----- ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން މި އަހަރު އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް އުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން އެމް.ޕީ.އެލްއިން ހަވާލުކޮށްފިއެވެ.

އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އަހަރު އެ ކުންފުނީގެ ހަރަދުގައި އުމްރާ އަށް ދިއުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނާ ސީ.އީ.އޯ މުހައްމަދު ވަޖީހް އިބްރާހިމް ވަނީ ބައްދަލުކުރައްވައި އެ މުވައްޒަފުންނަށް އުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފައެވެ.

މި އަހަރު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު އެމްޕީއެލްގެ ތިން މުވައްޒަފަކަށް ވަނީ ލިބިފައެވެ. އެ ކުންފުނިން އުމްރާ ދަތުރު ލިބުނު މުވައްޒަފުންނަކީ ފަޞީލް މުޙައްމަދު، ޙާމިދު މުޙައްމަދު އަދި ޢަމީޒާ އަލީ އެވެ.

އެމް.ޕީ.އެލްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް 3 މުވައްޒަފުން އުމްރާގެ އަޅުކަން އަދާކުރުމަށް އަދި ފަސް މުވައްޒަފުން ހައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ ހަރަދުގައި ފޮނުވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: