ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމުރަށް ޖަލަށްލާފައިވާ 314 މީހަކަށް ރައީސް ސާލިހު މާފުދިން!

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރު ދުވަހަށް ޖަލަށް ލާފައި ތިބި 314 މީހަކަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން މާފުދީފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިދިޔަ ދައުރުގައި ސަރުކާރުން މިނިވަން ކުރި މީގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔާފާރި ކުރުމާއި، ޓްރެފިކް ކުރުމުގެ ކުށުގައި ހައްޔަރުކޮށް، އެ ކުށް ސާބިތުވެފައިވާ މީހުންވެސް ހިމެނޭކަމަށެވެ. މިކަން ހިނގާފައިވާ ގޮތް ބެއްލެވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރަނީ، ފުލުހުންގެ ވަރަށް ބުރަ މަސައްކަތުން ހިންގާ ތަހުގީގަކުންކަމަށް ފާހަގަކޮށް މިނިސްޓަރު ވަނީ އެކަމުގެ މަރުހަލާތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ތަހުގީގު ނިމި، ޕްރޮސެކިއުޓް ކުރުމަށްފަހު، އެތައް ދުވަހަކު އެ މައްސަލަ ކޯޓުގައި ކުރިއަށް ދާކަމަށް ވިދާޅުވިއެވެ. އަދި އެއަށްފަހު ހުކުމާއި ހަމައަށް ދާއިރު، އެހެން ތިބޭ މީހުންނަށް މައާފުދީފައިވާތީ މިނިސްޓަރު އިހުސާން ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

އުމުރަށް ޖަލަށް ލާފައިވާ މީހުންނަށް، އެހާ ފަސޭހައިން މައާފު ކުރެވޭނެ ގޮތަށް އޮތް އޮތުމާއިމެދު ވެސް މިނިސްޓަރު ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. މިފަދައިން މާފު ދީފައިވާ މީހުން އަނެއްކާވެސް ކުށުގެ ވެށިން ފެންނަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސާބިތުވުމަށްފަހު މިހާ ފަސޭހައިން އުމުރު ދުވަހުގެ ޖަލު ހުކުމް މާފުކުރެވޭ ކުރެވުން މިއީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް.

މީގެ އިތުރުން ބައެއް މައުލޫމާތުތައް ހިއްސާ ކުރައްވާފައިވާއިރު، މިނިސްޓަރ ވިދާޅުވީ މިވަގުތު ބަންދުގައި ތިބި ގިނަ މީހުންނަކީ ޖިންސީ ގޯނާފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންކަމަށެވެ.

މިއީ ހައްޔަރުން ދޫކޮށްލައިފި ނަމަ އެކަމުގެ ސަބަބުން މުޖުތަމައުއަށް ނުރައްކާވާނެފަދަ މީހުންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: