ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮޓޯއިން ފެންނަނީ ކަސްޓަމްސްގެ އާ ޔުނިޓުގެ ވެހިކަލް: ކޮމިޝަނަރ މާނިއު

ކޮމިޝަނަރ ޖެނަރަލް ޔޫސުފް މާނިއު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ކާރަކީ ގާއިމުކުރުމަށް ނިންމާފައިވާ އެންފޯސްމެންޓް އެންޑް ބޯޑަރ ޕްރޮޓެކްޝަން ޑިޕާޓުމެންޓުގެ ބޭނުމަށް ތައްޔާރުކޮށްފައިވާ އުޅަނދެއްކަމަށް ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ ކޮމިޝަނަރ ޖެނަރަލް ގެންގުޅުއްވާ ކާރުކޮޅުކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ކަސްޓަމްސްގެ ލޯގޯ ޖަހާފައިވާ ކާރެއްގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ދައުރުކޮށްފައެވެ. އެކަމާއި ގުޅިގެން ގިނަ ފާޑުކިޔުންތައް އަމާޒުވަމުންދިއުމާއިއެކު ކޮމިޝަނަރ މާނިއުވަނީ ކަމުގެ ހަގީގަތް އޮޅުން ފިލުއްވައިދެއްވައި އެކްސްއެއް ކުރައްވާފައެވެ.

މާނިއު ވިދާޅުވީ، އެ އުޅަނދަކީ އަލަށް ގާއިމުކުރުމަށް ނިންމާފައިވާ ކަސްޓަމްސްގެ އެންފޯސްމެންޓް އެންޑް ބޯޑަރ ޕްރޮޓެކްޝަން ޔުނިޓުގެ ބޭނުމަށް ތައްޔާރުކޮށްފައިވާ ކާރެއްކަމަށެވެ. އަދި ކާރުގައި ޖެހުމަށް ނިންމާފައިވާ އައު ނިޝާން އިންނާނީ ރަނުގެ އެކި ކުލަތަކުންކަމަށް ހިއްސާކުރެއްވިއެވެ. އެހެންކަމުން އަދި ކާރުގެ ބޭރަށްވެސް ބައެއް ބަދަލުތައް ގެނެސް ޒީނަތްތެރިކުރުމަށްވެސް ނިންމާފައިވާކަން ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އަލަށް ހާމަކުރާނެ ލޯގޯއާއި ގުޅޭނީ އެ ބަދަލުތައް ގެނެސްގެންކަމަށާއި، އެ ލޯގޯ ޖަހާނީ މިހާރުވެސް ޖަހަމުންދާ ގޮތަށް އުޅަނދުތަކުގެ އަރިމަތީގައިކަމަށް ވިދާޅުވިއެވެ. މާނިއު ވިދާޅުވީ، ފޮޓޯތަކުން ފެންނަމުންދާ ކާރާއިއެކު އަލަށް ބޭނުންކުރަން ފެށުމަށް ނިންމާފައިވާ 85 ފޫޓުގެ އެންފޯސްމަންޓު ވެހިކަލްއެއްވެސް އާންމުންނަށް ދައްކާލުމަށް ކަނޑައެޅިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެ އުޅަނދުވެސް ދާދި އަވަހަށް ގެނެވޭނެކަމަށާއި އެއީ ޖަޕާނުގެ ސަރުކާރުން ހަދިޔާކުރި އުޅަނދެއްކަމަށެވެ.

މާނިއު ވިދާޅުވީ، އަލަށް ތަމްރީނުވަމުންދާ އެންފޯސްމެންޓު އޮފިސަރުންގެ ތަމްރީނުތަކުގެ ކުރު ވީޑިއޯއެއް ތައްޔާރުކުރުމުގެ މަސައްކަތްތައްވެސް ކުރައްވަމުންދާކަމަށެވެ. އަދި އެ ވީޑިއޯއިން ކުރިއަށް އޮތްތާނގައި ބޯޑާރ އެންފޯސްމެންޓު މަސައްކަތްތަކުގައި ބޭނުންކުރާނެ ޒަމާނީ ވަސީލަތްތައް ފެންނާނެކަމަށްވެސް ވިދާޅުވި އެވެ.
އެހެންނަމަވެސް ފަހުން ކުރެއްވި އިތުރު ޕޯސްޓެއްގައި މާނިއުވަނީ އެކަމާއިމެދު ރައްޔިތުންގެ ތެރޭގައި ހިތްހަމަނުޖެހުންތައް އޮތްކަމަށް ފެންނަން އޮތުމުން ކުރިން އޮތް ހާލަތަށް އަނބުރާ ގެންދަވާނެކަމަށެވެ. އަދި އާންމުންގެ ފައިސާއެއް އެކަމަށް ހޭދެވެފައިނުވާކަމަށާއި، އެ ހުރިހާ ކަމެއްވެސް ކުރެއްވީ އަމިއްލަ ހަރަދުގައިކަމަށް ހިއްސާކުރެއްވިއެވެ. މާނިއުވަނީ ފެންމަތިވެފައިވާ ކަންތަތަކަށް މާފަށް އެދިވަޑައިގެންފައެވެ
ވަރަށް ގަދަ
20%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: