ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ރޯދަމަހަށް ފިޔާގެ އަގު ކުޑަކޮށްފި

ރަށަކަށް ގެންދިއުމަށްޓަކައި މުދާތަކެއް ބޯޓަށް އަރުވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާގެ އަގު ކުޑަކޮށްފިއެވެ.

ކުރިން އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަމުން ދިޔައީ 20 ރުފިޔާއަށެވެ. އެސްޓީއޯއިން ބުނީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ފިޔާ ކިލޯއެއްގެ އަގު 17 ރުފިޔާއަށް ކުޑަކޮށްފައިވާނެ ކަމަށެވެ.

އޭގެ އިތުރުން ފިޔާ ބަސްތާއެއްގެ އަގު 320 ރުފިޔާއަށް ކުޑަކޮށްފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. މީގެ ކުރިން އެސްޓީއޯއެއް ފިޔާ ބަސްތާއެއް ވިއްކަނީ 450 ރުފިޔާއަށެވެ.

އެސްޓީއޯއިން ފިޔާ، އަލުވި، ބިސް ވިއްކާ އަގުތަކުގެ ތެރޭގައި ފިޔާ ކިލޯއެއް 17 ރުފިޔާއަށް، އަލުވި ކިލޯއެއް 15 ރުފިޔާއަށް އަދި ބިހެއް  1.7 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.

ކޮންމެ ރޯދަ މަހަކާއި ދިމާކޮށް އެސްޓީއޯއިން އެ ކުންފުނީގައި ވިއްކާ ތަކެތީގެ އަގު ހެޔޮ ކުރެއެވެ. ހާއްސަކޮށް ފިޔާ، އަލުވި، ބިހުގެ އަގު ކުޑަކުރެއެވެ. އެ ތިން ބާވަތުގެ ތަކެއްޗަކީ ރޯދަ މަހުގައި އެންމެ ގިނައިން ބޭނުންކުރާ ތަކެއްޗެވެ. އެސްޓީއޯއިން އަބަދު ވެސް މަސައްކަތް ކުރަނީ ރޯދަ މަހުގައި ފިޔާ، އަލުވި، ބިސް ރައްޔިތުންނަށް ދަތިކަމެއްނެތި ފޯރުކޮށްދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: