ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މަސްޖިދް ހަސަން އާދަމް” ވަޒީރު ޝަހީމް ހުޅުވައިދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރާ މިސްކިތް، “މަސްޖިދް ހަސަން އާދަމް” އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުޅުވާދެއްވާފިއެވެ.

މި މިސްކިތް ހުޅުވުމަށްފަހު މި މިސްކިތުގައި އިމާމްވެ ހުކުރު ނަމާދު ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ، މިނިސްޓަރ ސްޓޭޓް ފޮ އިސްލާމިކް އެފެއާޒް އަލްއުސްތާޛް ސައުދާން އަބްދުﷲއެވެ.

ޒަމާނީ ފެންވަރުގެ ޑިޒައިނަކަށް މި މިސްކޮތް ހުންނަނީ ހުޅުމާލޭ ފޭސް 2 ގެ ނިރޮޅުމަގުގައެވެ. މިސްކިތުގެ އިންޓީރިއާ އަދި އެކްސްޓީރިއާވެސް ފެއްސާއި ނޫ ކުލައިން ފަރުމާކޮށްފައިވާއިރު މިސްކިތް ހުންނަނީ އޭސީކޮށްފައެވެ. ޝަހީމް ވިދާޅުވީ މި މިސްކިތަކީ މިހާރު ފޭސް 2ގައި ބިނާ ކުރަމުންދާ މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މިސްކިތެވެ. މި މިސްކިތުގައި ތަރާވީހު ނަމާދާއި ދަމު ނަމާދުވެސް ކުރާނެ ކަމަށް ޝަހީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ދެވަނަ ފިޔަވަހީގެ މިސްކިތްތަކަށް އިމާމުން ހަމަޖައްސާނީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރީތިކޮށް ކިޔަވާ ޢިލްމީ ފަރާތްތައްކަމަށާއި ޚާއްސަކޮށް ޙާފިޒުންނަށް އިސްކަންދެވޭނެކަމަށާއި މިހާރު ބިނާ ކުރަމުންދާ މިސްކިތްތަކުގެ އިތުރަށް ދާއިމީ އިތުރު މިސްކިތެއް އެޅުމަށް މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: