ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް އިންތިހާބު ސަރުކާރު ބޮޑުތަނުން ބަލިވުން އެކަށީގެންވޭ: ވައްޑެ

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ނާކާމިޔާބީއާއި ކުރިމަތިލާންޖެހުން އެކަށީގެންވާކަމަށް ޑިމޮކްރެޓްސްގެ ފަރާތުން ކުރިއަށް އޮތް އިންތިހާބަށް ކަނޑައަޅާފައިވާ ތަަރުޖަމާނު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޓިކެޓުގައި ކުރެންދޫ ދާއިރާއަށް ވާދަކުރުމަށް ކެނޑިޑޭޓަކު ކަނޑައެޅިފައިވާއިރު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތާއީދު އޮތީ އެހެން ކެންޑިޑޭޓަަކަށް ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކާއި ގުޅިގެން ޕީއެންސީގެ ތެރޭގައި މައްސަލަތައް އުފެދިފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކުރަމުންދާއިރު، ވަހީދުވަނީ އެކަމާއި ގުޅުވައި ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ވަހީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުގެ މަގުބޫލުކަން އިންތިހާއަށް ކުޑަކަމަށެވެ. އަދި އެހާ މަގުބޫލުކަން ކުޑައިރު ސަރުކާރު ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަށަވަރުކުރުމުގައިވެސް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަމަށް ހިއްސާކުރެއްވިއެވެ. އެހެންކަމުން މި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރަށް ވަރަށް ދަށް ނަތީޖާއެއް ލިބުމަކީ ވަރަށްވެސް އެކަށީގެންވާ ކަމެއްކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވަނީ ރައީސް މުއިއްޒުއަށް ފާޑުކިޔާ ފަރާތްތައް ވަޒީފާތަކުން ވަކިކުރަމުންދާކަމުގެ ތުހުމަތުތަކާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ފާޑުކިޔާކަމާއި ގުޅިގެން އެއްވެސް ފަރާތެއް ވަކިކުރަން ބޭނުންވެވަޑައިނުގަންނަވާކަމަށް ރައީސް ވިދާޅުވެފައިވާކަމަށް އިޝާރާތްކުރައްވާ ވަހީދު ވިދާޅުވީ، ރައީސް ބޭނުންވާ ގޮތް ރައީސް ވެރިންގެ ގޮތުގައި އައްޔަނުކުރެއްވި މީހުން ނުހައްދަވާ ކަމަކީ ކަންބޮޑުވެވަޑައިގަންނަވާކަމެއްކަމަށެވެ. އަދި ރައީސް އެހާ ބޭކާރު ކޮށްނުލެއްވުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.

އެސްޓީއޯގެ މެނޭޖަރަކު ޑިމޯޓުކުރިކަން ރަސްމީގޮތުން އަންގާފައިވަނީ އެމަނިކުފާނަށް ފާޑުކިޔުމުން ނޫންކަމަށް ރައީސް ވިދާޅުވެފައިވާ ވާހަކައަށް ވަހީދު ރައްދު ދެއްވިއެވެ. އެސްޓީއޯގެ ސިޓީގައި އޭނާ ޑީމޯޓުކުރީ ރައީސްއަށް އިހުތިރާމްކުޑަވާ ފަދަ ޕޯސްޓުތަކެއް ސޯޝަލްމީޑިއާގައި ޖެހި މައްސަލައިގައިކަން ބަޔާންކޮށްފައިވާކަމަށް އިޝާރާތްކުރައްވާ ވަހީދުވަނީ ރައީސް މުއިއްޒު އިތުރުފުޅު ހައްދަވަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ތެދުވެރިވުމަށް މާތްﷲ ގަންދީ ހުވައެއް ކޮށްގެން ހުންނަ މީހަކު އެ މިންގަނޑަށް ދޮގު ނެހެދުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: