ރާއްޖެ-އިންޑިއާ ޑިވެލޮޕާސް ކޮންކްލޭވްގައި ދެ ގައުމުގެ 100 އަށް ވުރެ ގިނަ ކޮންސްޓްރަކްޝަން ކުންފުނިތަކުން ބައިވެރިވެއްޖެއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި މި އިވެންޓުގައި ސަރުކާރުގެ ބައެއް ކުންފުނިތަކާއި ބޭންކުތަކުން ވަނީ ބައިވެރިވެފައެވެ. މި އިވެންޓްގެ މަގްސަދަކީ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ އިންޑިއާ އާއި ރާއްޖޭގެ ކުންފުނިތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމެވެ.
ރާއްޖޭގައި ކޮންސްޓްރަކްޝަން ސިނާއަތަކީ މިހާރު ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ އެއް ސިނާއަތް ކަމަށްވާއިރު ހައުސިން މަޝްރޫއުތަކާއި ރިސޯޓުތައް ތަރައްގީ ކުރުން ފަދަ ކަންކަން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މި އިވެންޓުގައި ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވީ އިންޑިއާގެ އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވެގެން ދިއުމަކީ މުޅި ދުނިޔެއަށް ވެސް އެކަމުގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމެއް ކަމަށެވެ. ހާއްސަކޮށް އިންޑިއާ އާ އަވަށްޓެރި ގައުމުތަކަށް އޭގެ ފައިދާ ކުރާނެ ކަމަށް ވިދާޅުވިއެވެ.
މުނޫ މަހާވަރު ވަނީ އިންޑިއާގެ ވިޔަފާރީތަކުން ރާއްޖޭގައި މި ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

