ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމީ ރިވެތި އާދަތަކުގައި ހިފަހައްޓައި އަމަލުތައް އެފަދައިން ބެހެއްޓުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ----- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެންގެ މެދުގައި ގުޅުން ބަދަހިކޮށް އިސްލާމީ ރިވެތި އާދަތަކުގައި ހިފަހައްޓައި އެފަދައިން ޢަމަލުތައް ބައްޓަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މުއިއްޒު ވަނީ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ހިތާބެއް ދެއްވާ ރަމަޟާން މަހަކީ ހުރިހަ ގޮތަކުން ވެސް ހެޔޮކަމުގެ މައްސަރުކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެކަކު އަނެކަކަށް ހެޔޮ ފޯރުވުމުގެ އާދަ އިތުރަށް ހަރުދަނާކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

ރައީސް ވަނީ ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މަސްވެރީން ކިރުވި މަހަށް ފައިސާ ނުލިބުމުގެ މައްސަލަ ރޯދައަށް ހައްލުކޮށްދީފައިވާކަމަށާއި، ކުއްލި ހާލަތުގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތައް ރޯދައިގެ ކުރިން ހައްލުކޮށްދީފައިވާކަމަށާއި، ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ފަރާތުން ހަދިޔާއެއް ދިނުން ހިމެނެއެވެ. އަދި ރަމަޟާން މަހުގެ ފަހު ދިހަ އަޅުކަމަށް ހާއްސަކުރެއްވުމުގެ ގޮތުން އޮފީސްތައް ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސަވާފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ އިސްލާމީ އުންމަތަކީ އެއް ހަށިގަނޑެއް ފަދަ ބަދަހި އުންމަތެއް ކަމަށާއި އެހެންކަމުން އެމަނިކުފާނުވަނީ މުޅި އުންމަތައް ހެޔޮ ދުއާ ކޮށްދެއްވުމަށް ބާރުއަޅުއްވާފައެވެ. އަދި ހާއްސަކޮށް ފަލަސްތީނުގެ އަހުލުވެރީން ކުރަމުންދާ ޖިހާދަށް ނަސްރުދެއްވައި އަނިޔާވެރީންގެ ކެހިވެރިކަމުން މިންޖުކުރެއްވުމަށް އެމްނިކުފާނު ވަނީ ދުއާކުރައްވާފައެވެ.

ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ހީތާބުގައި ރައީސް ވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: