ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީ ގައި ތަހުގީގު ނުނިމި 999 މައްސަލައެއް!

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ތަހުގީގު ނުނިމި 999 މައްސަލަ އޮތް ކަމަށް އެ ކޮމިޝަނުގެ އަހަރީ ރިޕޯޓުން ހާމަވެއްޖެއެވެ.

އެސީސީ އިން ވަނީ އެ ކޮމިޝަނުގެ އަހަރީ ރިޕޯޓް އާއްމުކޮށްފައެވެ. ރިޕޯޓް ގައި ބުނާ ގޮތުންނަމަ އޭސީސީ އިން ވަނީ 358 މައްސަލައެއް ނިމިދިޔަ އަހަރު ބަލައިފައެވެ. އަދި ތަހުގީގު މަރުހަލާއިން 220 މައްސަލަ ނިންމާފައިވާކަމަށް އެ ރިޕޯޓުން ވަނީ އެނގިފައެވެ.

ޕްރިލިމިނަރީ ތަހުގީގު މަރުހަލާ އިން ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް 138 މައްސަލަ ނިންމާފައިވާއިރު ޕްރިލިމިނަރީ ތަހުގީގު މަރުހަލާއިން ނުނިމިވަނީ 786 މައްސަލައެވެ. އޭސީސީއިން ތަހުގީގު ނިންމި މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ފެންނަ ކަމަށް ނިންމައި މިދިޔަ އަހަރު ޕީޖީ އޮފީހަށް ހުށައެޅީ 18 މައްސަލައެވެ.

މިދިޔަ އަަހަރުގެ 15 މައްސަލައެއްގައި ހިމެނޭ 74،159،720.53 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެ ކޮމިޝަނުން ނިންމާފައިވާކަމަށާއި އެހެންނަމަވެސް އޭގެތެރެއިން ދައުލަތަށް ހޯދުނީ 234،531.57 ރުފިޔާ ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

ނަމަވެސް ދައުލަތުން ގެއްލޭ ފައިސާ ހޯދުމަކީ އޭސީސީއިން ކުރަން ޖެހޭ ކަމެއް ނޫންކަމުގައި ވީނަމަވެސް އެ މަސައްކަތް ކުރެވެނީ އޭސީސީއިން ކުރާ ތަހުގީގުގެ މައްޗަށް ބިނާކޮށެވެ. އެހެންކަމުން އެ މައްސަލައެއް ބަލައިނިންމުމަށްފަހު އޭސީސީން އެ މައްސަލަ އިދާރާތަކަށް ފޮނުވުމުން އެ އިދާރާތަކުން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރައްވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: