ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުކުޅު ބިސް ގަތުމާއި ގެންގުޅުމުގައި ރައްކާތެރިވުމަށް އެފްޑީއޭ އިން އަންގައިފި!

ބިދޭސީއަކު ކުކުޅު ބިސް ކޭސްތަކެއް ޓްރޮލީއަކަށް އަރުވައިގެން ގެންދަނީ -- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުކުޅު ބިސް ގަތުމާއި ރައްކާކުރުމުގައި ރައްކާތެރިގޮތްތަކަށް އަމަލު ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެފްޑީއޭ އިން ނެރުނު ބާޔާނެއްގައި ވަނީ ބިސް ރައްކާތެރިކަމާއެކު ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށާއި އަދި ބިސް ރައްކާތެރިކޮށް ނުގެންގުޅޭނަމަ ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން ބިސް ގެންގުޅުމުގައާއި، ގަތުމުގަ އަދި ވިއްކުމުގައިވެސް ރައްކާތެރި ވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

އެފްޑީއޭއިން ވަނީ މިކަމާއި ގުޅިގެން ބިސް ރައްކާތެރިކޮށް ގެންގުޅުމަށް މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައެވެ. އޭގެތެރޭގައި ބިހުގެ މުއްދަތު ހަމަވާ ތާރީހު ބެލުމާއި އަދި މުއްދަތު ހަމަވެފައި ހުންނަ ބިސް ބޭނުންނުކުރުން ހިމެނެއެވެ. ރެނދުލާފައި ހުންނަ ބިސް ނުގަތުން، ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބިސް ނުގަތުން، އެހެން ކާބޯތަކެތި ތަގައްޔަރު ނުވާނެހެން އަލަމާރީގައި ބިސް ރައްކާކުރުން ހިމެނެއެވެ.

މީގެއިތުރުން އެފްޑީއޭއިން ބުނެފައިވަނީ ބިސް ދޮވެގެން ބޭނުން ކުރުމުގެ ސަބަބުން ބިހުގެ ތެރެއަށް ޖަރާސީމާއި ކެމިކަލް ވާސިލުވުމަށް މަގުފަހިވެގެން ދާކަމަށާއި އަދި ރޯނުފިލުވައި ހުންނަ ބިސް ބޭނުން ކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުން އަދި އެފަދަ ތަކެތި އަލަމާރިން ބޭރުގައި ދެ ގަޑިއިރަށްވުރެ ގިނަ އިރު ނުބެހެއްޓޭނެ ކަމަށް ވަނީ އެފްޑީއޭއިން ވަނީ މައުލޫމާތު ދީފައެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 38%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: