ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބި ގައުމުތަކުން ކުރާ ހުރިހާ ކަމެއް ކޮޕީ ކުރާކަށް ނުޖެހޭ: ޑރ ޖަމީލު

ރައީސް ޔާމީންގެ ވަކީލުން ޓީމްގައި ހިމެނިވަޑައިގަންނަވާ ޖަމީލު/ ފޮޓޯ: ވަގުތު÷
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބި ގައުމުތަކުން ކުރާ ހުރިހާ ކަންކަން ކޮޕީ ނުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު އިއުތިމާސް ކުރައްވައިފިއެވެ.

ނަމާދު ކުރާއިރު މިސްކިތުން ބޭރަށް އަޑު އިވޭގޮތަށް ހުންނަ ކަމަށްވުމުން ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ މިސްކިތްތަކުގެ އަޑު ކަނޑުވާލާފައިކަމަށް ސިފަކުރައްވާ ޑރ ޖަމީލުވަނީ އެކްސްއެއް ކުރައްވާފައެވެ. ނަމާދުކުރާ އަޑު ބޭރަށް އިވޭތީ ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ޖަމީލު ސުވާޅުކުރެއްވިއެވެ. އަދި އަރަބި ގައުމުތަކުގައި ކުރާ ކޮންމެ ކަމެއް ރާއްޖޭގައި ކުރަންޖެހޭތޯ ވެސް ސުވާޅުކުރެއްވިއެވެ.

ޖަމީލު ވިދާޅުވީ، އަރަބި ނޫން ގިނަ އަދަދެއްގެ މުސްލިމު ގައުމުތައް ތިބޭކަމަށެވެ. އަދި އިންޑޮނީޝިއާ އާއި މެލޭޝިއާ ފަދަ ގައުމުތަކުންވެސް އަރަބި ދުނިޔޭޣައި ކުރާ ކޮންމެ ކަމެއް ކޮޕީ ނުކުރާކަން ޖަމީލް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ބަންގީގެ އަޑު މަޑުކުރުމުގެ ފަހަތުގައި ގުންގުޅޭ ވިސްނުން މުރާޖާކުރުމަށް ވަނީ އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ، މުޅި މާލެއިން ނަމާދުގެ އަޑު ކެނޑިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 15%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 15%ވަރަށް ދެރަ 45%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޥެރިކަން ނުލިބުނަސް ޖަމީލު ތީބޮޑުވަރު ދޮގުހަދާލަން says:

    ޥެރިކަން ނުލިބުނަސް ޖަމީލު ތީބޮޑުވަރު ދޮގުހަދާލަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: