ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން 43 ޒުވާނުން ގްރެޖުއޭޓްވެއްޖެ

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް --- ފޮޓޯ: މިނިސްޓްރީ އޮފް ޔޫތު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ހިންގި “ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް” ގެ ދަށުން 43 ޒުވާނުން ގްރެޖްއޭޓް ވެއްޖެއެވެ.

ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު އެންޑް ސްޕާގައި ބޭއްވި މި ރަސްމިއްޔާތުގައި ގްރެޖުއޭޓުންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) އެވެ. މިނިސްޓްރީއާއި މެރިއަޓްއާ ގުޅިގެން ހިންގި މި ޕްރޮގުރާމުގައި 43 ޒުވާނުން ގްރެޖުއެޓުވިއިރު އޭގެ ތެރެގައި 21 ޒުވާނުންނަށް ވަޒީފާ ވަނީ ކަށަވަރުވެފައެވެ.

ގްރެޖުއޭޓުވި ދާއިރާތައް:
• ނެޝަނަލް ސެޓްފިކެޓް 3 އިން ފްރޮންޓް އޮފިސް
• ނެޝަނަލް ސެޓްފިކެޓް 3 އިން ހައުސްކީޕިން
• ނެޝަނަލް ސެޓްފިކެޓް 3 އިން ލޯންދަރީ ސާވިސަސް
• ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމާޝަލް ކުކަރީ
• ނެޝަނަލް ސެޓްފިކެޓް 3 އިން ޕޭސްޓްރީ އެންޑް ބޭކަރީ
• ނެޝަނަލް ސެޓްފިކެޓް 3 އިން ލައިފް ގާޑިން
• ނެޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ
• ނެޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެއިންސް
• ފުޑް އެންޑް ބެވަރޭޖް ސާވިސަސް

މި ޕްރޮގުރާމް ހިންގާފައި ވަނީ:
• ޝެރަޓަން މޯލްޑިވްސް
• ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް
• ލެ މެރިޑިއަން މޯލްޑިވްސް
• ރިޓްސް ކާރްލްޓޮން މޯލްޑިވްސް
• އެސްޓީ. ރެގިސް މޯލްޑިވްސް
• ޑަބްލިއު މޯލްޑިވަސް
• ވެސްޓިން މޯލްޑިވްސް

މި ޕްރޮގުރާމުގައި މޯލްޑިވްސް އިންސްޓިއުޓިއުޓް އޮފް ޓެކްނޮލޮޖީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ.

މި ޕްރޮގުރާމުގެ މަގުސަދު ތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ގަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނޭކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި ކަށަވަރުކުރުމަށްފަހު ތަމްރީން ފުރިހަމަކުރި ކަމުގެ ގައުމީ ސަނަދު ދޫކުރުން މި ޕްރޮގުރާމުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް އެވަޒީފާތައް އަދާކުރުމަށް، އިތުބާރާއިއެކު މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ހަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މިޕްރޮގުރާމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެން ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: