ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިން ފޮނުވާލުމުގެ މައްސަލައިގައި އިންޑިއާ – ރާއްޖެ ތިންވަނަ ބައްދަލުވުމަކަށް!

ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ ދެމެދުގައި އުފެއްދި ކޯ-ގްރޫޕްގެ ތިންވަނަ ބައްދަލުވުން ބާއްވައިފި އެވެ.

ދެ ގައުމުގެ ދެމެދުވެފައިވާ އެކި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމަށް ޖާގަދޭކަމަށް ބުނެ މި ސަރުކާރުން ވަނީ އޮފިސަރުން ފޮނުވާލުމަށް ވައުދުވެފަ އެވެ. އެ މަޝްވަރާތަކަށް އެކުލަވާލި ކޯ ގްރޫޕުގެ ތިން ވަނަ ބައްދަލުވުން މިއަދު ބޭއްވިއިރު އައްޑޫގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެ ދޫކޮށް ވަނީ ގޮސްފަ އެވެ.

މިއަދުގެ ބައްދަލުވުމާއި ބެހޭ މައުލޫމާތުތައް ހާމަކޮށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީންއާންމު ކުރި ބަޔާނުގައި ބުނީ ދެ ގައުމުން އިންޑިއާގެ ހެލިކަޕްޓަރާއި ޑޯނިއާ އެއާ ކްރާފްޓް ބޭނުންކޮށްގެން ދިވެހިންނަށް އަލުން ހިދުމަތް ދޭން ފެށުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ބައްދަލުވުން ނިންމާލީ އިތުރު ބައްދަލުވުމެއް އެ ގައުމުގައި ދިއްލީގައި ބޭއްވުމަށް ދެ ފަރާތުން ވެސް އެއްބަސް ވެގެން ކަމަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން މިހެން ބުނެފައިވާއިރު ދިވެހިރާއްޖޭގެ ފޮރިން އެފެއާޒް އިންވެސް ވަނީ އިންޑިއާއެކު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާކަމަށް ބުނެ ބަޔާނެއް އާއްމުކޮށްފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނެސް އެ ޕްލެޓްފޯމުތަކުގައި މަސައްކަތް ކުރުމަށް ދެގައުމުންވެސް އެއްބަސްވެފައިވާކަމަށެވެ. އަދި މިހާތަނަށް އެއް ޕްލެޓް ފޯމުގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ސިވިއަލިއަނުން ގެނެސްފައިވާކަމަށާއި ބާކީ ދެ ޕްލެޓް ފޯމުގައި ތިބި ސިފައިން ސިވިލިއަނުންނަށް މެއި 10 އަދޮ އޭޕްރިލް 10 ގައި ބަދަލުކުރެވޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ވެރިކަމަށް އައުމަށް ކުރި ކެމްޕެއިނުގައި ރައީސް މުއިއްޒު ވައުދުވީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރާނީ ރާއްޖޭގައި ތިބި ސިފައިން ފޮނުވާލުމަށްކަމަށާއި އެއްބަސްވުންތައް ރިވިއު ކުރުމަށް ފަހު ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި އެގްރިމަންޓުތައް ބާތިލު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ ދޮޅުމަހެއްގެ ތެރޭގައި އިންޑިއާ – ރާއްޖެ ދެމެދު ހައިލެވެލް އެކި މަޝްވަރާތަކެއް ކުރިޔަށް ދިޔައިރު ދިވެހި ސަރުކާރުން ބުނެފައި ވަނީ އެކަމުގައި އިންޑިއާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެގައުމުން ދީފައިވާކަމަށެވެ.

ސިފައިން ފޮނުވާލަން ބޭނުންވާ ފަހު ތާރީހެއްގެ ގޮތުގައި މާޗު މަހުގެ 14 ވަނަ ދުވަސް ރައީސް މުއިއްޒުގެ ފަރާތުން ހުށަހަޅާފައިވާއިރު މިހާތަނަށް އައިއިރު ސިފައިންގެ ޖުމްލަ އަދަދެއް ސާފެއް ނޫނެވެ. އެންމެ ފަހުން ސަރުކާރުން ދިން މައުލޫމާތުތަކުގައި ބުނީ، ސިފައިންގެ އަދަދަކީ 88 ކަމަށާއި އެ އަދަދަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ.

އިންޑިއާ އާއި ރާއްޖެ އެއްބަސްވެފައި ވަނީ 10 މާޗްގެ ނިޔަލަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށެވެ. އަދި ބާކީ ތިބި ސިފައިން މެއި 10 ގެ ނިޔަލަށް ފައިބަން ވަނީ އެއްބަސްވެފައެވެ. އިންޑިއާ ސިފައިން ދެން ތިބީ ހދ. ހަނިމާދޫ އާއި ލ. ކައްދޫގައެވެ. މިއީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށާއި އެ އުޅަނދުތަކުގެ ޓެކްނިކަލް މަސައްކަތް ކުރުމަށް ތިބި ސިފައިންނެވެ. އިންޑިއާގެ ސިފައިން ފޮނުވާލާނެކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ މީހުންގެ ބަދަލުގައި ދެން އަންނަނީ ސިވިލިއަނުން ނުވަތަ މަދަނީ ބައެކެވެ.

އެ މީހުން ރިޕޯޓު ކުރާނީ ކޮން ބަޔަަކަށް ތޯ އާއި، މަސައްކަތް ކުރާނީ ކޮން ގައުމެއްގެ އޯޑަރަށްތޯ ނޫސްވެރިން ކުރާ ސުވާލަށް އަދި ސާފު ޖަވާބެއް ނުލިބެއެވެ. އެހެންނަމަވެސް ތުހުމަތުތަކަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ކުލަ ހެދުމުގައި ވިޔަސް ނުވަތަ، އެހެން ގޮތަކަށް ނަމަވެސް ރާއްޖޭގައި އިންޑިއާގެ ސިފައިން ނުތިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: