ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

70 އިންސައްތައަށްވުރެ ގިނަ ރައްޔިތުން ބޭނުންވަނީ ދިރާސީ އަހަރު ޖެނުއަރީގައި ފަށަން: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު.
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ފަރާތްތަކުން ބޭނުންވަނީ ދިރާސީ އަހަރު ޖެނުއަރީގައި ފެށުމަށްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަފީއު މިއަދު މަޖިލީހަށް ހާޒިރުކޮށްފައިވާއިރު، ދިރާސީ އައު އަހަރު ފެށޭ ދުވަސް ބަދަލު ކުރުމާއި ގުޅޭ ގޮތުން މިނިސްޓަރާއި ސުވާލުކުރެވުނެވެ. އެގޮތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެއްސެވީ އެއްވެސް ދިރާސާއެއް ނަހަދާ ދިރާސީ އައު އަހަރު ފަށާ ތާރީހު ބަދަލުކުރީ ކީއްވެގެންތޯއެވެ.

މިނިސްޓަރ ވިދާޅުވީ ދިރާސީ އައު އަހަރު ފެށޭ ތާރީހު ބަދަލުކުރުމަށް ނިންމީ، ކުރީ ސަރުކާރުން ގެނައި ބަދަލު ދިރާސާ ކުރުމަށްފަހުކަމަށެވެ. ކުރީ ސަރުކާރުން ގެނައި ބަދަލާއި އެއްގޮތަށް އޮތުމުން ލިބޭނެ ފައިދާއަށްވުރެ ގެއްލުން ބޮޑުކަމަށް ޝަފީއު ވިދާޅުވިއެވެ. ރާއްޖޭގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުންނާއި ގާތް ކުރާ މީހުން ބޭނުންވަނީ މި ސަރުކާރުން ގެނައި ބަދަލާއިއެކު ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ދިރާސާއެއްގެ އަލީގައެވެ.

އިން 69 އިންސައްތަ ގާތްގަނޑަކަށް 70 އިންސައްތައާ ކައިރިކުރާ މިންވަރަކަށް ރައްޔިތުން ބޭނުންވީ ހަމަ އިިހުވެސް އޮތް ގޮތަށް ޖެނުއަރީން ފެށިގެން ޑިސެމްބަރާ ހަމައަށް ޓާމު ބާއްވަން.

ޝަފީއު ވިދާޅުވިއެވެ.

މިއީ ބެލެނިވެރިންނާއިި، ދަރިންވަރުންނާއި އަދި ޓީޗަރުންވެސް އެދޭ ގޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ބަދަލު ގެނައީ މައިގަނޑު ދެ ސަބަބަކަށްޓަކައިކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެއް ސަބަބަކީ އާ އަހަރުގެ ބަޖެޓާއި، ދިރާސީ އަހަރު އެލައިންކުރުމަށްކަމަށެވެ. ދިރާސީ އައު އަހަރު ފެށޭ ތާރީހަށް ގެނައި ބަދަލާއިއެކު ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ދިރާސީ އައު އަހަރު ބަދަލުކުރި އަނެއް ސަބަބަކީ މިފަދަ ކަމެއް ތަކުރާރު ނުކުރުންކަމަށެވެ.

ކޮވިޑްގެ ސަބަބުން މިފަދަ ބަދަލެއް ގެނައި އެހެން އެއްވެސް ގައުމެއް ނެތްކަމަށް ފާހަގަކޮށް ޝަފީއު ވިދާޅުވީ ދިރާސީ އަހަރު ފެށޭ ތާރީހު ބަދަލުކުރުމަށް އެކަށީގެންވާ ސަބަބެއްވެސް ނެތްކަމަށެވެ.

މި ސަރުކާރުން ދިރާސީ އަހަރަށް ބަދަލު ގެނައީ މްބްރިޖްގެ އުސޫލުތައް އޮންނަ ގޮތަށް ބަލައިގެންކަމަށް ޝަފީއު ވިދާޅުވިއެވެ. އެގޮތުން ވަކިވަރެއްގެ ގައިޑެޑް ލާނިންގ އަވާއެއް އިންނަން ކަމަށް ވިދާޅުވިއެވެ. މިހާރު ގެނައި ބަދަލާއިއެކުވެސް މިކަންކަން މިގޮތުގައި ކުރިއަށް ދާނެކަމަށް ޝަފީއު ވިދާޅުވިއެވެ.

ވަރަށް ގަދަ
27%ވަރަށް ގަދަ 47%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 7%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: