ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ކެމްޕެއިން ބެނާތައް ހަރު ކުރުމުގައި ކަރަންޓު ކޭބަލްތަކަށް ސަމާލުވުމަށް އެޗްޑީސީން އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ކެމްޕެއިން ބެނާތައް ހަރު ކުރުމުގައި ކަރަންޓު ކޭބަލްތަކަށް ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެ އެވެ.

އެޗްޑީސީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކާއި ގުޅިގެން ކެމްޕެއިން ބެނާތަކާއި ކެންސްވަސް ފަދަ މެޓީރިއަލްތައް ހަމަހަމަކަމާއި އެކު ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބަޔާނުގައި ބުނެފައި ވަނީ ކެމްޕެއިން ބެނާތައް ހަރު ކުރުމުގެ މަސައްކަތް ކުރާއިރު ފޭސް އެކެއް، އަދި ފޭސް ދޭއްގެ ނެޓްވޯކް ކޭބަލްތަކަށް ގެއްލުން ނުލިބޭނެހެން އެ މަސައްކަތް ކުރަން އެދޭ ކަމަށެވެ.

އޭގެ ސަބަބެއްކަމަށް އެޗްޑީސީން ބުނީ ޕޯސްޓަރުތަކާއި ބެނޭތައް ހަރު ކުރާ ސަރަހައްދުގެ ގޮތުން ކަރަންޓު ކޭބަލްތަކާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުމެއް ލިބި ހިދުމަތް މެދުކެނޑޭ ހާލަތެއް ދިމާވެއްޖެ ނަމަ ރައްޔިތުންނަށް އޭގެ ސަބަބުން އުނދަގޫތައް ވާނެތީ އެވެ.

އެހެންކަމުން ކުރިޔަށް އޮތްތަނުގައި އެފަފަ ކެންވަސް ބެނާތަކާއި ޕޯސްޓަރުތައް ހަރު ކުރުމުގައި އެކަމަށް ސަމާލުވުމަށް އެދޭކަމަށް އެޗްޑީސީން ބުންޏެވެ. އަދި ކެމްޕެއިން ޕޯސްޓަރުތައް ހަރު ކުރުމުގެ ކުރިން ހުއްދަ ހޯދައި ކޯޕަރޭޝަންގެ ލަފައާއި އިރުޝާދާއި އެއްގޮތަށް ކުރިޔަށް ދިއުމަށް އެދޭކަމަށް ވެސް ކުންފުނިން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: