ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯކް ޕާމިޓުތައް ކެންސަލްކޮށް ޑީޕޯޓު ކުރީ 206 މީހެއްގެ: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން ---
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯކް ޕާމިޓާއި ވިސާނެތުމުގެ ސަބަބުން މި ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން އަނބުރާ ގައުމަށް ފޮނުވާލާފައިވަނީ 206 މީހަކުކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ މަސައްކަތްތެރިނާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރުވަނީ އެކަމާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، 17 ޑިސެމްބަރު 2023 ގެ ނިޔަލަށް ދިވެހިރާއްޖޭގައި 90،624 ބިދޭސީން މަސައްކަތްކުރަމުންދާކަމަށެވެ. އަދި 11 ނޮވެމްބަރު 2023 ވަނަ ދުވަހުން ފެށިގެން 17 ޑިސެމްބަރުގެ ނިޔަލަށް ވޯކް ޕާމިޓު އަދި ވިސާ ކެންސަލްކުރެވި އަމިއްލަ ގޮތުންނާއި އެހެން ގޮތްތަކުން އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 206 ކަންވެސް ހިއްސާކުރެއްވިއެވެ.

އިހުސާން ވިދާޅުވީ، މިވަގުތު ރާއްޖޭގައި މަސައްކަތްކުރުމަށް ބަންގްލަދޭޝް މީހުންނަށް ދޫކޮށްފައިވާ އެކްޓިވް ވާކް ޕާމިޓުތަކުގެ އަދަދު 135،149 މީހުންކަމަށެވެ. އަދި ރާއްޖެއަށް އައިސްފައިނުވާ އެހެންނަމަވެސް އައުމަށް ކަނޑައެޅިފައިވާ ބައެއް މީހުންގެ ވޯކް ޕާމިޓުތައްވެސް އެކްޓިވް ޕާމިޓުގެ ގޮތުގައި ހިމެނޭކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އަންނަ މީހާ އަނބުރާ ދިއުމުން އެ މީހާ ގެނައި ކުންފުނިން އެ ޕާމިޓު ކެންސަލް ނުކުރާ ނަމަވެސް އެކްޓިވް ޕާމިޓެއްގެ ގޮތުގައި އޮންނާނެކަމަށެވެ. އެހެންކަމުން އެކްޓިވް ޕާމިޓުގެ ގޮތުގައި މިފަހުންވެސް 5000 ވާކް ޕާމިޓެއް ދޫކޮށްފައިވާކަމަށާއި އެ އަދަދުން މިހާތަނަށް އައިސްފައިވަނީ 4000 މީހަކު ކަންވެސް ހިއްސާކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: