ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެޓްވޯކާއި، މަގަށް އަރާ ގޮތަށް ދޫކޮށްފައި ހުރި ގޯތިތައް ބަލައި މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ދޫކުރަނީ!

ފޮޓޯ: ޢާއިޝަތު ނުހާ - ދަ ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

“ބިންވެރިޔާ ސްކީމް” ގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ނެޓުވޯކުތައް އަދި މަގަށް އަރާ ގޮތަށް ދޫކުރި ގޯތިތައް އަލުން ބެލުމުގެ މަސައްކަތް ކުރާކަމަށް ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ވަނީ “ބިންވެރިޔާ ސްކީމް” ގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި އެ ސަރަހައްދު ދައްކާލުމަށްޓަކައި ނޫސްވެރިން ޓުއަރ އަކަށް ގެންގޮސްފައެވެ. ތިން ސަރަހައްދަކަށް ނޫސްވެރިން ގެންގޮސް އެތަނުގައި ގޯތި ދޫކުރުމަށް އޮތް ބިން ދައްކާފައި ވެއެވެ. ގޯތިތައް ދޫކޮށްފައިވާ ބިމުގައި ވެލިފުނިތަކާއި، ހިލަ ފުނިތައް ހުރުމުން ތަން ސާފުކޮށް ނިންމައި އިން ވަކިކޮށް ގޯތި ހަވާލު ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ ޕްބަލިކް ރިލޭޝަންސް، އެސިސްޓަންޓް މެނޭޖަރު މުހައްމަދު ސިރާޖު ވިދާޅުވީ އެ ސަރަހައްދުގައި ހުރި ބިންތައް ދޫކުރެވޭނީ ވެލިފުނިތައް ނަގައި ސާފުކޮށްގެން ކަމަށް ވާތީ ވީހާވެސް އަވަހަށް ތަން ސާފު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

މަގަށް އަރާ ގޮތަށް ގޯތި ދޫކޮށްފައިވާއިރު ސިރާޖު ވިދާޅުވީ އެކަން ހައްލުކޮށް ގޯތި ދޫކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

ފެނާއި ނަރުދަމާ އަދި ކަރަންޓު ނެޓްވޯކަށް އަރާގޮތަށް ގޯތި ދޫކޮށްފައިވާ ސަރަހައްދުގެ ގޯތިތައް މީގެ ކުރިން ހަވާލުކޮށްފައިވާއިރު އިން ފާރުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް ސިރާޖް ވިދާޅުވީ ސްޓެލްކޯ ފަދަ ކަމާބެހޭ މުވައްސަސާ ތަކާއި އެކަމާއި ގުޅިގެން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެކަން ހައްލުކުރެއްވުމަށް ފަހު ގޯތިތައް އަލުން ދޫކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިދިޔަ ޑިސެންބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ ބައެއް ސަރަހައްދުން ގާތްގަނޑަކަށް 180 ވަރަކަށް ބިން ދޫކޮށްފައިވަނީ ފެނާއި ނަރުދަމާ އަދި ކަރަންޓު ނޫނީ އެޗްޑީސީގެ ނެޓްވޯކަށް އަރާ ގޮތަށް ކަމަށެވެ. އަދި އެހެން އަރާ ގެތަކުގައި އިންފާރު ރޭނުމުގެ ފުރުސަތު ދިނުންމަށް ދަތިވާ ކަމަާއި އެހެންނަމަވެސް އެކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ގޯތީގެ އިމުގެ ތެރޭގައި ހުރި ނެޓުވޯކުތައް ބަދަލުކުރަން ޖެހޭ ކަމަށާއި ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއާ މަޝްވަރާކޮށްގެން ނެޓުވޯކުތައް ބަދަލުކޮށް އިންފާރު ރޭނުމުގެ ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: