ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނަށް ލުއި ދިނުން ބަލައިނުގަނެވޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ރައީސް ޕޯސްޓެއް ހިއްސާ ކުރައްވާ ވިދާޅުވީ ކުޑަކުދިީންނަށް ޖިންސީ ގޯނާ ކުރުމާއި އެފަދަ ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި ދަންނަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ދިވެހި މުޖުތަމައު އަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމައުއަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރަންޖެހޭ ކަމަށެވެ.

އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކޮށްފައި ހުރި މީހަކު ވަނީ ދާދި ފަހުން ދޫކޮށްލާފައެވެ. ތ. ވޭމަންޑޫ އިން މި މީހާ ހައްޔަރުކުރީ އުމުރުން 13 އަހަރުގެ އަންހެން ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މި މީހާގެ މައްޗަށް ދައުވާ ކުރެވި ޝަރީއަތް ހިނގަމުން ދަނިކޮށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން މި މީހާ ދޫކޮށްލީ ޝަރުތުތަކަކާ އެކު އެވެ. ޖިންސީ ޝިކާރައަށްވި އަންހެން ކުއްޖާ ދިރިއުޅޭ ރަށަށް މި މީހާ ދޫކޮށްލުމާ ގުޅިގެން ސޯޝަލްމީޑިއާގައި އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައިގައި ޕީޖީ އޮފީހުން ބުނީ މި މީހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި ވަރަށް އަވަހަށް އިސްތިއުނާފް ކުރާނެ ކަމަށެވެ.

މީގެއިތުރުން ކުޑަކުދިންގެ ބަރަހަނާ ފޮޓޯތަކެއް ޑައުންލޯޑު ކުރިކަމުގެ ތުހުމަތުގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާރ ޖެނެރަލްފެ އޮފީހަށް ފޮނުވި މައްސަލައެއްގައި އޭނާއަށް ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުމެއް އެކުލަވާލައިފައިވާ ކަމަށް ޕީޖީން ވަނީ މައުލާމާތު ދީފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އެކްޓިން  ހެޑް އޮފް ކްރައިމް އެގެއިންސްޓް ޗިލްޑްރަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސަފްއަތު ރައޫފް ވަނީ ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯތައް ޑައުންލޯޑު ކުރުމުގެ މައްސަލަ ވަރަށް ބޮޑުވަމުން ކަމަށެވެ. އަދި އެފަދަ ކަންކަން މޮނީޓާރ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާއިރު، އެ ދުވަހުގެ ބައްދަލުވުމުގައި ސަފްއަތު ވަނީ އެ ފަދަ ފުރަތަމަ މައްސަލަ ތަހުގީގުކުރުމަށް ފަހު، 32 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ.

ސަފްއަތު ވިދާޅުވީ ފިރިހެން މީހާގެ މައްޗަށް ދައުވާކޮށް ދޭން އެދި ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކަމަށެވެ. އެހެން ނަމަވެސް މިއަދު މީޑިއާތަކުގައި ވަނީ ޕީޖީގެ މީޑިއާ އޮފިޝަލާ ހަވާލާ ދީ ފިރިހެން މީހާގެ މައްޗަށް ދައުވާ ނުކޮށް ހެދީ ނަސޭހަތުގެ އެއްބަސްވުމެއްކަން ރިޕޯޓުކޮށްފައެވެ. ޕީޖީ އޮފީހުން ބުނެފައި ވަނީ ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުން ގާނޫނުގައި ވަކި ކުށެއްގެ ގޮތުގައި ނޯންނަ ކަމަށާއި ހަމަ އެކަނި އޮންނަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: