ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންދުގައި ތިބޭ މީހުން ދޫކުރުމަކީ ސަރުކާރުން ކުރާކަމެއް ނޫން: އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ތަހުގީގު ނިމެންދެން ބަންދުކޮށްފައި ތިބޭމީހުން ދޫކުރުމަކީ ނުވަތަ ލުއި ދިނުމަކީ ރައީސުލްކުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުވަތަ މި ސަރުކާރުން ކުރައްވާ ކަމެއް ނޫންކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރުކޮށްފައިވާ މީހަކު ތ. ވޭމަންޑޫ ކޯޓުން ވަނީ ޝަރުތުތަކަކާއި އެކު ދޫކޮށްލައިފައެވެ. މިމައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރ އިހުސާން އެކްސްގައި ޕޯސްޓެއް ހިއްސާ ކުރައްވާ ވިދާޅުވީ އެ ބަންދުގަ ތިބޭމީހުން ދޫކުރުމަކީ ނުވަތަ ލުއި ދިނުން ފަދަ ނިންމުންތަކަކީ ރާއްޖޭގެ ކޯޓުތަކުން ނިންމާ ކަންކަން ކަމަށެވެ.

އިހުސާން ވިދާޅުވީ ކުޑަކުއްޖަކާއި މެދު ޖިންސީ އަމަލެއް ހިންގިކަމުގެ ދައުވާާގެ ބަންދުގައި ހުރި މީހަކު ކޯޓުން ދޫކޮށްލުމުން އެކަން ހިންގި ގޮތް ރައްޔިތުންނަށް އޮޅުވާލަމުން ދާކަމަށާއި އެކަން ސާފުކޮށްދޭން ބޭނުންފުޅުވާކަމަށެވެ. އެހެންކަމުން އެ ނިންމުމަކީ އެ ކޯޓުގެ ނިންމުމެއް ކަމަށާއި އަދި ސަރުކާރުގެ ނިންމުމެއް ނޫން ކަމަށް އިހުސާން ވިދާޅުވިއެވެ.

އެމީހާ އެ ކޯޓުން ދޫކޮށްލައިފައި ވީ ނަމަވެސް އެ ނިންމުން ޕީޖީން ދަނީ އިސްތިއުނާފު ކުރަމުން ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

މީގެއިތުރުން އިހުސާން ވިދާޅުވީ މިކަން މިހެން އޮތްނަމަވެސް ޝަރީއަތްތައް ލަސްވެ އިންސާފު ނުލިބި ހުކުމަކާއި ނުލާ އެތަކެއް ދުވަސް ޖަލުތަކުގައި މީހުން ބަންދުވެފައި ތިބުމަކީވެސް މި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫންކަމަށެވެ. އެހެންކަމުން މިކަމަށް އަވަސް ހައްލެއް ގެނައުމަށް ސަރުކާރުންދަނީ ދައުލަތުގެ ހުރިހާ މުވައްސަސާއެއް ގުޅިގެން މަސައްކަތްކުރަމުން ކަމަށް އިހުސާން ވިދާޅުވިއެވެ.

ހުކުމަކާއި ނުލާ “ވާނުވާ ބަންދުގައި” ތިބޭ ތިބުން ނިމުމަކަށް ގެނައުމަކީވެސް ރައީސްގެ ވައުދެއް ކަމަށާއި އެކަން ކުރައްވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިފަދައިން އިހުސާން ވިދާޅުވެފައިވާއިރު ރައީސްވެސް ވަނީ މިކަމމާއި ގުޅިގެން އެކްސްގައި ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށެވެ. އަދި  ކުޑަކުދިީންނަށް ޖިންސީ ގޯނާ ކުރުމާއި އެފަދަ ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި ދަންނަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ދިވެހި މުޖުތަމައު އަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމައުއަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރަންޖެހޭ ކަމަށެވެ.

އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކޮށްފައި ހުރި މީހަކު ވަނީ ދާދި ފަހުން ދޫކޮށްލާފައެވެ. ތ. ވޭމަންޑޫ އިން މި މީހާ ހައްޔަރުކުރީ އުމުރުން 13 އަހަރުގެ އަންހެން ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މި މީހާގެ މައްޗަށް ދައުވާ ކުރެވި ޝަރީއަތް ހިނގަމުން ދަނިކޮށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން މި މީހާ ދޫކޮށްލީ ޝަރުތުތަކަކާ އެކު އެވެ. ޖިންސީ ޝިކާރައަށްވި އަންހެން ކުއްޖާ ދިރިއުޅޭ ރަށަށް މި މީހާ ދޫކޮށްލުމާ ގުޅިގެން ސޯޝަލްމީޑިއާގައި އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައިގައި ޕީޖީ އޮފީހުންވެސް ބުނެފައިވަނީ މި މީހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި ވަރަށް އަވަހަށް އިސްތިއުނާފް ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: