ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން ބަލަންފަށައިފި!

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސި)ން ތަހުގީގު ކުރުމުންދާ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުއާ ގުޅުން ހުރި ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސް ކުރަން ފަށައިފިއެވެ.

ބީއޭއެމްގެ ރައީސް މޫސާ ނާޝިދުގެ އަމިއްލަ ފިހާރައިން އެ އެސޯސިއޭޝަން އަށް ބޯޅަ ގަތުމާއި އެ އެސޯސިއޭޝަންގެ ވެރިންގެ އަމިއްލަ ތަންތަން ކުއްޔަށް ހިފައިގެން އެސޯސިއޭޝަންގެ މުވައްޒަފުން ބޭތިއްބުން ފަދަ ކޮރަޕްޝަންގެ އެތައް މައްސަލަ ތަކެއް ވަނީ މީގެކުރިން ފެންމަތިވެފައެވެ.

އެސޯސިއޭޝަނަށް ސްޕޮންސަރުން އަތުން ލިބޭ އެހީ އާއި އާމްދަނީއާއި ހަރަދު ތަކުގެ ތަފްސީލް ރަނގަޅައް ބަލަހައްޓާފައި ނުވާ ކަމަށް ތުހުމަތު ކުރެވެއެވެ. އެސޯސިއޭޝަނުގެ ބަޖެޓުން ކުރަން ނުޖެހޭ ހަރަދު ތަކެއްވެސް ކޮށްފައިވާ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވެއެވެ.

އޭސީސީން ބުނެފައިވަނީ ބީއޭއެމް އިން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކާއި ގުޅިގެން ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުގެ ބޭނުމަށް އެ އެސޯސިއޭޝަނުގެ ރައީސްއާ ގުޅުންހުރި ބައެއް ތަންތަން ކޯޓު އަމުރުގެ ދަށުން ބަލާ ފާސްކުރަމުން ގެންދާ ކަމަަށެވެ. އޭސީސީން މީގެ ކުރިންވެސް ވަނީ އެ އެސޯސިއޭޝަނާއި ގުޅުން ހުރި ކޮރަޕްޝަން މައްސަލަތަކެއް ބަލަމުންދާކަން ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: