ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިމަބިހި ނުވަތަ މީސަލްސް ފެތުރިދާނެކަމުގެ އިންޒާރުތަކެއް!

ހިމަބިހި ޖެހިފައިވާ ކުއްޖެއް - ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަނެއްކާވެސް ދުނިޔެމަތީގައި ހިމަބިހި ބަލި ފެތުރުން އިތުރުވެ ހާލަތު ގޯސްވެދާނެކަމަށް ބުނެ ކަމާއި ބެހޭ ފަރާތްތަކުން އިންޒާރުތައް ދީފިއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން، އެމެރިކާއިންދަނީ ހިމަބިހި މައްސަލަ ބޮޑުވުވުމުގެ ދަތިތައް ތަހައްމަލުކުރަމުންކަމަށެވެ. އަދި ގިނަ އަދަދެއްގެ ކުދިންނަށް އެކަމުގެ ނުރައްކާތައް ކުރިމަތިވެފައިވާކަމަށް ބުނެފައިވާއިރު، ކަމުގެ މާހިރުންދަނީ މިކަމުގެ އަސަރުތައް މުޅި ދުނިޔެއަށްވެސް ކުރުމުގެ ފުރުސަތު އޮތްކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިކަމަށްވެސް ބުނެފައިވެއެވެ.

މަޝްހޫރު އޮންލައިން ފާމަސޫޓިކަލް ކުންފުންޏެއްކަމަށްވާ ކެމިސްޓު ކްލިކުގެ އިސް ފާމަސިސްޓު އައްބާސް ކަނާނީ ވަނީ އެމެރިކާގައި ވެކްސިން ދޭ މިންގަނޑުތައް ދަށްވެފައިވުމުގެ މައްސަަލަ ގޯސްވެފައިވާކަމުގެ މައްޗަށް އަލިއަޅުވާފައެވެ. އަދި ފްލޮރިޑާ ފަދަ ވެކްސިނޭޝަން ރޭޓު ދަށް ސަރަހައްދުތަކުގައި މައްސަަލަ ވަކިން ގޯސްކަމަށްވެސް އިޝާރާތްކޮށްފައިވެއެވެ، އަދި ހިމަބިހި ފަދަ ބަލިތަކުން ރައްކައުތެރިކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީވެސް ކުޑައިރު ދޭންޖެހޭ ވެކްސިންތައް ދިނުންކަމަށް ބުނެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

އޭނާ ބުނެފައިވާގޮތުން މީސަލްސް ނުވަތަ ހިމަބިއްސަކީ އިންތިހާއަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއްކަމަށެވެ.، އެހެންކަމުން ބައެއް މީހުންނަށް އެކަމުގެ ސަބަބުން ބޮޑެތި ނުރައްކާތައް ހުރިކަމަށް ބުނެފައިވެއެވެ. އޭނާ ބުނެފައިވާގޮތުން އިތުރުވަމުންދާ ކޭސްތަކުގެ މައްސަލައަށް ސަމާލުކަމެއް ނުދިނުމަކީ މުޅި ދުނިޔެ އެކަމުގެ ނުރައްކަލުގެ ތެރެއަށް ހުށައެޅިގެންދިއުމަށް ފުރުސަތު ފަހިވެގެންދާކަމެއްކަމަށެވެ. އަދި މިއީ އިންތިހާއަށް ނުރައްކާތެރިވެސް ވެދާނެ މައްސަލައެއްކަމަށް ބުނެފައިވެއެވެ.

އޭނާ މައުލޫމާތު ދީފައިވާގޮތުން، ހިމަބިހީގެ މައްސަލަ އަލުން ފެންމަތިވެފައިވަނީ ވެކްސިން ޖެހާ މީހުންގެ އަދަދު ދަށަށް ދިއުމާއި ޕެންޑެމިކްގެ ފަހުން ދަތުރުކުރުން އިތުރުވެފައިވުމާއިއެކުކަމަށެވެ. އެމެރިކާގެ ސީޑީސީއިން ބުނެފައިވާގޮތުން މީސަލްސްއަކީ ވަރަށް ފަސޭހައިން ޖެހޭ ބައްޔެއްކަމަށާއި، އެކަކަށް ޖެހިއްޖެ ހާލަތެއްގައި ވެކްސިން ނުޖަހާ ތިބި ހާލަތެއްގައި ވަާތިބި މީހުންގެ ތެރެއިން ކޮންމެ ދިހަ މީހަކުންު ނުވަ މީހަކަށް ބަލި ޖެހޭނެކަމަށް ބުނެފައިވެއެވެ.

ކަނާނީ ވަނީ އެމްއެމްއާރް ވެކްސިން ނޫން އެހެން އެއްޗަކަށް ބަލި ހުއްޓުވުމުގެ ގާބިލުކަން ލިބިފައިނުވާކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. އަދި އެއީ މުޅި ދުނިޔެ މައްޗަށް ފެތުރިގެން ދިއުމުގައި އެންމެ މުހިންމު ދިފާއީ ވަސީލަތްކަމަށްވެސް ފާޙަގަކުރިއެވެ. އޭނާ ބުނެފައިވާގޮތުން ދަތުރުފަތުރުގެ ސަބަބުން ބަލި ފެތުރުން ކުރިއަށް ދާނެއެވެ. އަދި ފެތުރޭނީ މީސަލްސް މަމްޕްސް ރުބެއްލާ ވެކްސިން ނުވަތަ އެމްއެމްއާރް ޖަހައި ދިފާއު ނުވާ މީހުންގެ ތެރޭގައިކަމަށް ބެލެވޭކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 29%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: