ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާގައި ދިން ޓެރަރިސްޓު ހަމަލާގައި ޔޫކްރެއިންގެ އަތެއް ނެތް: އެމެރިކާގެ ނައިބުރައީސް

އެމެރިކާގެ ނައުބް ރައީސް ކަމަލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާގައި މިފަހުން ދިން ޓެރަރިސްޓު ހަމަލާގެ ފަހަތުަގައި ޔޫކްރެއިންގެ އަތެއް ވާކަމަށް އެ ގައުމުގެ ރައީސް ވްލެޑިމިއަރ ޕުޓިން ކުރެއްވި ތުހުމަތުތައް އެމެރިކާގެ ނައިބުރައީސް ކަމަލާ ހެރިސް ދޮގުކުރައްވައިފިއެވެ.

ސަތޭކައަށްވުރެ ގިނަ މީހުން މަރުވި ހާދިސާގެ ފަހަތުގައި ޔޫކްރެއިންގެ އަތެއްވާނަމަ އެކަށީގެންވާ އަސްކަރީ ޖަވާބެއް ދޭނެކަމުގެ އިންޒާރުތައް ރަޝިއާގެ ސިޔާސީ އިސްވެރިން ދަނީ ކުރަމުންނެވެ. އަދި އެ ގައުމުގެ ރައީސް ޕުޓިންވެސް ވަނީ ޔޫކްރެއިނަށް އެ މައްސަލައިގައި ތުހުމަތުކުރައްވާފައެވެ.  އެހެންނަމަވެސް އެމެރިކާގެ ނައިބުރައީސް ކަމަލާވަނީ ޔޫކްރެއިން ދިފާއުކޮށް މީޑިއާތަކުން ކުރި ސުވާލުތަކަށް ޖަވާބުދެއްވައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ކަމަލާ ވިދާޅުވީ، ރަޝިއާގައި ހިންގާފައިވަނީ ޓެރަރިސްޓު އަމަލެއްކަން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާކަމަށާއި، އެ ހަމަލާގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވުމަކީވެސް ބޮޑު ހިތާމައެއްކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ޕުޓިން ތުހުމަތުކުރައްވާ ގޮތަށް ހަމަލާގެ ފަހަތުގައި ޔޫކްރެއިންގެ އަދަދެއްވާކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތްކަމަށާއި އެއީ ޓެރަރިސްޓު ޖަމާއަތެއްގެ އަމަލެއްކަން ހުރިހާ ގޮތަކުންވެސް ސާފުވާކަމަށް ވިދާޅުވިއެވެ.

ރަޝިއާގެ ބައެއް އިންވެސްޓިގޭޓަރުން މީޑިއާތަކަށް ހިއްސާކުރިގޮތުން އައިއެސްއައިއެސްއިންވަނީ މި ހަމަލާގެ ޒިންމާ ނަގާފައެވެ. އަދި އެކަމުގެ ތެރެއިން މަރުވެފައިވާ މީހުންގެ އަދަދު 133 އަށް އަރާކަމަށާއި 120 އަށްވުރެ ގިނަ މީހުން އެނދުމަތިކުރެވި ފަރުވާދެމުންދާކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން 6000 އަށްވުރެ ގިނަ މީހުންނަށް ވަދެވޭ ޖާގަ އޮތް ހޯލެއްގައި ކޮންސަޓެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނިކޮށް ހިންގި މި އަމަލަށް ބަދަލު ހިފާނެކަން ޕުޓިންވަނީ އިއުލާނުކުރައްވާފައެވެ. އެގޮތުން ޒިންމާ ނަގަން ޖެހޭ މީހުންގެ މައްޗަށް އެކަމުގެ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައިވާއިރު، ޔޫކްރެއިންއިންގެ މައްޗަށް ހަމަލާގެ ބައެއް ތުހުމަތުތައް ރައްދުކުރެއްވިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: