ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯގެ ސީއީއޯ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަނީ!

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހުއަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުވުމަށް އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިފްކޯގެ ސީއެފްއޯ އިލްޔާސް ހަނީފްއަށް ފޮނުވާފައިވާ ސިޓީއެއްގައި އެ މުއައްސަސާއިންވަނީ ޕީސީބީއިން ޝަމާހުއާއި ގުޅޭ މައްސަލައެއް ބަލަމުންދާކަމަށް އަލިއަޅުވާފައެވެ. އަދި އެކަމާއި ގުޅިގެން އޭނާ 14 ދުވަހުގެ މުއްދަތަކަށް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުކުރެވިފައިވާކަމަށްވުމުން މައުލޫމާތު ސާފުކުރުމަށް ޝަމާހުއާއި ބައްދަލުކުރުމަށް ބޭނުންވާކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މާޗު މަހުގެ 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހާޒިރުވުމަށް ކޮމިޓީއިން އެދޭކަމަށާއ ި ބައިވެރިވެވެގެން ނެތް ހާލަތެއްގައި  އެންގުންމަށްވެސް ބުނފައިވެއެވެ.

ޝަމާހު ކޮމިޓީއަށް ހާޒިރުކުރާކަން ހާމަކޮށްފައިވަނީ އޭނާ އާއި ގުޅުންހުރި މައްސަލައެއް މީޑިއާތަކުގެ ފަލަ ސުރުހީތަކުގެ ތެރޭގައި ހިމެނިފައިވަނިކޮށް ކަމަށްވާއިރު މިފްކޯއިންވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީ ބައްދަލުވުމަށް ވަޑައިގަންނަވާނެކަން ކަށަވަރުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: