ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ފަސް އަހަރުގެ މިސްރާބު ހުރީ ތަރައްގީއާ ދުރަށް، އަޅުވެތިކަމުގެ ތެރެއަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގެ މިސްރާބު ހުރީ މިނިވަންކަމާއި ދުރަށް، އަޅުވެތިކަމުގެ ތެރެއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ރައްޔިތުންގެ މަޖިލިސް ދިނުމުގެ ބަދަލުގައި، ޖަވާބުދާރީ ކުރުވޭނެ ގޮތެއްގެ މަތީން އެމްޑީޕީއަށް އަޣުލަބިއްޔަތު ދިނުމަށް އެ ޕާޓީގެ ލީޑާޝިޕުން ގޮވާލަމުން ދާތީ ރައީސް މުއިއްޒު ވަނީ އެކަމަށް ރައްދު ދެއްވާފަ އެވެ. ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ފަސް އަހަރު އޮވެމެ ހިދުމަތް ނުދެވުނީ ކީއްވެެން ތޯ ސުވާލު އުފައްދައި ރައީސް ވިދާޅުވީ އިންތިހާބާއި ދިމާކޮށް އިދިކޮޅުން ވާހަކަ ދައްކަނީ އެއްވެސް އިހުލާސްތެރިކަމެއް ނެތި ކަމަށެވެ.

ރާއްޖޭގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދީ، ރަނގަޅު ސިޔާސަތުތަކެއް ހުރި ޕްލޭނެއް އޮތީ މި ސަރުކާރުގެކަމަށް ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ފަސް އަހަރު އެމްޑީޕީއަށް ހޯދައިނުދެވުނު ހައްގެއް ދެން ވެސް ނުހޯދޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް އޮޅުވި ޒަމާން ވޭތުވެގެން ހިނގަޖެކަމަށާއި ރައްޔިތުން ވެރިކަން ބަދަލު ކުރީ ވަރަށް ގިނަ ސަބަބުތަކެއް ހުރުމުން ކަމަށެވެ.

މަޖިލިސް އިންތިހާބަށް އެމްޑީޕީން ބޭނުން ކުރަމުން ދާ ސްލޯގަންއަށް އަމާޒު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެ ޕާޓީގެ ޓެރްކް ރެކޯޑުން ވެސް އެނގިގެން ދަނީ ފަސް އަހަރުގެ ތެރޭގައި ގައުމު އަޅުވެތިވެފައިވާ މިންވަރު ކަމަށެވެ. އެއީ އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމުވެތިބުމުގެ ސަބަބުން މިނިވަންކަމަށް އަސަރުކޮށް ބުރޫ އެރި ފަސް އަހަރުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންވެ ރައްޔިތުން ބޭނުންވީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށްކަމަށާއި، އިންތިހާބުގައި ރައްޔިތުން އިއްވި އަޑުކަމަށް ރައީސް ވިދާޅުވި އެވެ.

މިސްރާބު އޭރު ހުރީ ތަރައްގީއާ ދުރަށް، އަޅުވެތިކަމުގެ ތެރެއަށް އަދި ކޮރަޕްޝަންގެ ތެރެއަށް

ރައްޔިތުން ބޭނުންވި ގޮތަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ، މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި އެއްބަސްވުންތައް ބަލައި ރިވިއުކޮށް ސިފައިން ފޮނުވާލުމަށްކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ފަސް އަހަރު ރާއްޖެ އޮތީ ދަރަނިވެރި ކުރުވާފައިކަމަށާއި، އެއީ އިގްތިސާދީ އަޅުވެތިކަމުގެ މިސްރާބު ކަމަށެވެ. ވެރިކަން ނިމިގެން ދިޔައީ ރައްޔިތުންގެ ބޮލުގައި 120 ބިލިއަން ރުފިޔާގެ ދަރަންޏެއް އެޅުވުމަށް ފަހުކަމަށް ވިދާޅުވެ ރައީސް ވަނީ މިދިޔަ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެމްޑީޕީއަށް ފަސް އަހަރުގެ ތެރޭގައި އިހުލާސްތެރި އެއްވެސް މަސައްކަތެއް ކުރެވުނު ތޯ ރައީސް ސުވާލު އުފެއްދެވި އެވެ. އެ ހުރިހާކަމަކަށް ބަލައި، މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ދޭން އެ ޕާޓީ އެދެން ޖެހޭ ސަބަބެއް ނެތްކަމަށާއި ހަގީގަތެއް ނެތް ވާހަކަތައް ދިވެހިން ގަބޫލު ކުރި ޒަމާން ފާއިތުވެ ގޮސްފައިވަކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: