ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ރަސްމީކޮށް ބުނީ ދިވެހި މަސްދޯނިތަކަށް އެރީ އޮޅުމަކުންކަމަށް!

ބޯޓުގައި ތިބިކަމަށް ބުނާ ސިފައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް، އިންޑިއާގެ ސިފައިން ދޯނިތަކަށް އަރާފައި ވަނީ އެ މީހުންނަށް ހީވި ހީވުމެއްގެ ތެރެއިން އޮޅުމަކުންކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވި އެވެ.

މަސްވެރިކަން ކުރަމުން ދިޔަ ރާއްޖޭގެ މަސް ދޯންޏަކަށް އަރައި ސުވާލުކޮށް، ސެޓްލައިޓު ނަމްބަރު ހޯދަން މަސައްކަތް ކުރި މައްސަލައިގައި ލިއުމުން އެކަމުގެ ތަފްސީލު ދޭން އެދުމުން ދިން ޖަވާބު ތަފްސީލުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ އެދިފަ އެވެ. މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ދިވެހި ތިން ދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑު ޝިޕަކަށް ނިސްބަތް ވާ ދެ ބޯޑިން ޓިމަކުން އެރި މައްސަލައިގައި ގައުމީ ދިފާއީ ބާރުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

ބޭރުގެ އަސްކަރީ ބަޔަކު ދިވެހި މަސްދޯނިތަކަށް އަރައި، ސުވާލުކޮށް ބިރުދެއްކިކަމަށް ބުނާ މައްސަލައެއް ފެންމަތިވީއިރު އުފެދުނު ސުވާލުތަކަށް މީގެ ކުރިން ރަސްމީކޮށް ދިވެހި ސަރުކާރުން ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މަޖިލިސް ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޣައްސާން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ތިން މަސް ދޯންޏަށް އިންޑިއާގެ ކޯސްޓްގާޑު ސިފައިން އެރީ އޮޅުމެއްގެ ތެރެއިންކަމަށް އެ ގައުމުން ބުނާ ކަމަށެވެ. އަދި ދޯނިތަކަށް ސިފައިން އެރީ ސެޓަލައިޓް ފޯނު ގެންގުޅޭތީކަމަށް ވެސް ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ސިފައިން ދޯނިތަކަށް އެރީ ސެޓްލައިޓް ފޯނު ބޭނުން ކުރުން އެއީ ގަވާއިދާ ހިލާފުކަމެއްގެ ގޮތުގައި ބުނެ ކަމަށެވެ. އިންޑިއާގެ ސަރަހައްދުގައި ސެޓްލައިޓް ފޯނު ބޭނުން ކުރުން އެ ގައުމުގެ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. އެކަމަކު މިއީ ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ އޮތް ވަސީލަތަކަށްވާއިރު، އެ ފޯނު ބޭނުން ކުރުން ލާޒިމް ކުރަނީ ވަކި ސަރަހައްދަކުން ބޭރު ވާނަމަކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ. އެހެންކަމުން ދިވެހި މަސްވެރިން އަމަލު ކުރަމުން ދިޔައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވައިދުތަކަށްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ސެޓްލައިޓް ފޯނު ބޭނުން ކުރާތީ.. އެ މީހުން ގަބޫލު ކުރާ ގޮތުގައި، ގަވައިދާ ހިލާފު ކަމެއް ކަމަށް،، ބުނެ ބޯޑް ކުރީ… އެއީ އިންޑިއާގެ ސަރަހައްދު ތެރޭގައި އެ ފޯނު ބޭނުން ކުރުން.. އިންޑިއާގެ ގަވައިދަކަށް ގެނެވުނު ބަދަލަކުން އޮތީ މަނާކޮށްފަ… ދިވެހިރާއްޖޭގައި އެއީ ބޭނުން ކުރެވޭ ފޯނެއް… އަދި އަޅުގަނޑުމެންގެ ގަވައިދުން ވަކި ވަރަކަށް ބޭރަށް ނުކުންނަ ނަމަ… ގެންގުޅުން ލާޒިމް ކުރާ ވެސް ފޯނެއް…

އޮޅުމެއްގެ ތެރެއިން އެހެން ސިފައިން ދޯނިތަކަށް އަރާފާނެކަމަށް ސަރުކާރަށް ގަބޫލު ކުރެވޭތޯ، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އަނެއްކާވެސް ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ޣައްސާން ވިދާޅުވީ އެއީ މިސް ކޮމިއުނިކޭޝަނެއްކަމަށް އޭނާ ގަބޫލު ކުރާކަމަށެވެ. އަދި ވިދާޅުވީ އެ ދުވަސްވަރު ޗީފް އޮފް ޑިފެންސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން ސާފުކޮށްދޭން އެދުމުން އެ ގައުމުން ދިން ޖަވާބަކީ އެއީކަމަށެވެ. އެހެންކަމުން ރާއްޖެއާ އެކުވެރި، އަވައްޓެރި ގައުމަކުން ދެއްކެވި ވާހައާއި ދިން ޖަވާބު ގަބޫލު ކުރާކަމަށް ޣައްސާން ވިދާޅުވި އެވެ.

އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލު ކުރަން މިސް ކޮމިއުނިކޭޝަންއެއްކަމަށް.. އެދުވަސްކޮޅު ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ އެންމެ މަތީ ލެވެލްގެ ޕޮލިސީގެ ބޭފުޅުންނާ.. ބައްދަލުވީމަ ވެސް ދެއްވި ޖަވާބަކީ އެއީ.. އަޅުގަނޑުމެން އެ ވާހަކަ ގަބޫލު ކުރަން..

ދޯނިތަކަށް އަރައި އިންޑިއާގެ ކޯސްޓުގާޑުން ސުވާލު ކުރީ ރާއްޖޭގެ ސަރަހައްދުންކަމަށް އަޑުތައް ފެތުރި ނަމަވެސް ރަސްމީކޮށް ޑިފެންސް މިނިސްޓްރީން އާންމު ކުރި ބަޔާނުގައި ވެސް ވަނީ ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކާ އަސްކަރިއްޔާގެ ބަޔަކު އަރައި ސުވާލު ކުރިކަމަށް ރިޕޯޓު ލިބުނީ މަސް ދޯންޏެއްގެ ފަރާތުން ކަމަށެވެ.

މި ހާދިސާތައް ހިނގާފައި ވަނީ، ރާއްޖެއާއި އިންޑިއާގެ ދެމެދު އޮތް ގުޅުން ވަރަށް ބޮޑުތަނުން ހީނަރުވެ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް މަޝްވަރާތައް ވެސް ކުރެވެމުން ދަނިކޮށެވެ. އަދި ސިފައިން ބޯޓުތަކަށް އެެރީ ކޯ ގުރޫޕުގެ ބައްދަލުވުން އޭގެ އެއް ދުވަސް ފަހުން ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: